ކޮންގްރެސްގެ މެންބަރުންގެ ގޭގެއަށް އެކަނި ކަރަންޓު ދޭން ގޮވާލުމުން ފިޔަވަޅު އަޅަނީ

ފެނަކަ ބްރާންޗެއްގެ އެސިސްޓެންޓް މެނޭޖަރަކު މިފަދަ ގޮތަކަށް ވާހަކަ ދެއްކުމުން ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ސަރުކާރަށް އެތައް ފާޑުކިޔުމެއް ދަނީ ސޯޝަލް މީޑިއާގައި އަމާޒު ވަމުންނެވެ.

ހއ. ދިއްދޫ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު އަބްދުﷲ ރަޝީދު: އޭނާގެ މައްސަލަ ދަނީ ބަލަމުން

ކޮންގްރެސް ޕާޓީގެ މެންބަރުންގެ ގޭގެއަށް އެކަނި ކަރަންޓު ދިނުމަށް ގޮވާލި ހއ. ދިއްދޫ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު އަބްދުﷲ ރަޝީދުގެ މައްސަލަ ބަލާ ފިޔަވަޅު އަޅާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އަބްދުﷲ ރަޝީދު އެ މޭރުމުން ވާހަކަ ދައްކާފައި ވަނީ އަންނަ އާދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ދިއްދޫ ދާއިރާއަށް ކޮންގްރެސްގެ ޓިކެޓުގައި ވާދަކުރާ އަބްދުލް ލަތީފް މުހައްމަދުގެ ކެމްޕޭން ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުންނެވެ.

ވަރަށް ފޯރީގައި ވާހަކަދައްކަމުން އޭނާ ކަންބޮޑުވުން ފާޅުކުރީ އެ ރަށުން އަވަސް އަވަހަށް ކަރަންޓުދާ ކަމުގެ ޝަކުވާ ރައްޔިތުން ކުރާތީ އެވެ.

"އަވަސް އަވަހަށް މިދައްކަނީ ކަރަންޓު ދާ ވާހަކަ. ކަރަންޓު ދޭކަން ނަސީބެއްނު. ގެތައް ބަލާފައި ވަކިވަކިން ކަރަންޓް ދޫކުރަންވީ. ސީދާ ޕާޓީ މީހުނަށް އެކަނި ކަރަންޓު ދޫކުރަންވީ އިންތިހާބު ނިމެންދެން," އޭނާ ބުންޏެވެ.

މި މައްސަލަ ހޫނު ވެފައި ވަނިކޮށް މިއަދު ޕީޕީއެމާއި ކޮންގްރެސް ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އަބްދުﷲ ރަޝީދު ދެއްކެވި ވާހަކަތައް އެ ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތެއް ނޫން ކަމަށެވެ.

"އޭނާ ދެއްކި ވާހަކަތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތެއް ނޫން. އަދި މި ޕާޓީގެ ސިޔާސަތެއް ވެސް ނޫން. ރައީސް މުއިއްޒުގެ ސިޔާސަތަކީ ވަކި ފިކުރަކަށް ނުބަލާ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރު ކޮށް ދިނުމުގެ ސިޔާސަތެއް ކަމުގައި ދަންނަވަން،" ހީނާ ވިދާޅުވި އެވެ.

ހީނާ ވިދާޅުވީ އެ މައްސަލަ ބެލުމަށްފަހު އަޅަން ޖެހޭ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ފެނަކަ ބްރާންޗެއްގެ އެސިސްޓެންޓް މެނޭޖަރަކު މިފަދަ ގޮތަކަށް ވާހަކަ ދެއްކުމުން ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ސަރުކާރަށް އެތައް ފާޑުކިޔުމެއް ދަނީ ސޯޝަލް މީޑިއާގައި އަމާޒު ވަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.