މަސްވެރި ފިޔޯރީ އާއި މާދެލީގައި މަސް ފެކްޓްރީއެއް

މި މަޝްރޫއަކީ ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހިންގާ މަޝްރޫއެކެވެ. މަޝްރޫއަށް ފައިސާ ހޯދާނީ މިކަން ހަވާލު ކުރި ކުންފުނިންނެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި ޗައިނާ ކުންފުނިން އެއްބަސްވުމުގައި ސޮއި ކުރަނީ -- ފިޝަރީޒް

ފެލިވަރުގެ ކެޕޭސިޓީ އެތައް ގުނައެއް ވަރުގަދަކޮށް މަސްވެރިކަން ފުޅާކޮށް ކުރާ، ގދ. ފިޔޯރީ އާއި ދ. މާދެލީގައި މަސް ފެކްޓަރީއެއް އަޅަން ޗައިނާގެ ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކުންފުންޏަށް ދީފި އެވެ. 

ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން އެ ކުންފުނިން އަމިއްލައަށް ފައިނޭންސް ހޯދައިގެން ހިންގާ މަސްވެރިކަމުގެ ބޮޑު މި މަޝްރޫއުގެ ދަށުން ޅ. ފެލިވަރުގައި އިތުރަށް 100 ޓަނު، ދ، މާދެލީގައި 50 ޓަނު އަދި ގދ. ފިޔޯރީގައި 100 ޓަނުގެ މަސް ޕްރޮސެސް ކުރަން ފެކްޓްރީ އަޅާނެ އެވެ. މި މަޝްރޫއުތަކުގެ ޖުމްލަ އަގު 175 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ) އަށް އަރާނެ އެވެ. 

މަސްވެރިކަމުގެ މަޝްރޫއުގެ ބައިތައް

  • 1.ޅ. ފެލިވަރުގައި 100 ޓަނުގެ ފެކްޓްރީއެއް | އަގު 50 މިލިއަން ޑޮލަރު
  • 2.ދ. މާދެލީގައި 50 ޓަނުގެ ފެކްޓްރީއެއް | 1،500 ޓަނުގެ ކޯލްޑް ސްޓޯރޭޖް، މަސް ބަނދަރެއް، އަގު 75-100 މިލިއަން ޑޮލަރު
  • 3.ގދ. ފިޔޯރީގައި 100 ޓަނުގެ ފެކްޓްރީއެއް | 3،000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް 50-75 މިލިއަން ޑޮލަރު

މި މަސައްކަތް ނިންމަން ހަވާލު ކޮށްފައި ވަނީ 18 މަަސް ދުވަހުގެ ތެރޭގަ އެވެ. 

ސަރުކާރުން ދަނީ ރާއްޖެއަށް ބާނާ މަސް ރޯމަހުގެ ގޮތުގައި އެކްސްޕޯޓް ކުރުން ހުއްޓުވަން އިތުރު އިންވެސްޓްމަންޓުތައް ގެންނަން މަސައްކަތް ކުރަމުންނެވެ. މިހާރު ރާއްޖެއަށް 128،000 މެޓްރިކް ޓަނުގެ މަސް ބާނާއިރު 63،000 މެޓްރިކް ޓަނު ރޯ މަހުގެ ގޮތުގައި އެކްސްޕޯޓް ކުރެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.