"ސަރުކާރު ކުރިއަރާ ދަނީ އިދިކޮޅު މަޖިލީހަށް ނަގިލިވައްޓާލާފައި އޮއްވާ"

ހޯމްލޭންޑް މިނިސްޓަރު ވަނީ މަޖިލީސް އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓުންނަށް ތާއީދުކޮށް ހޮވައިދީ ތަރައްގީ ހޯދަން ވެސް ރައްޔިތުންގެ ކިބައިން އެދި ވަޑައިގެންފަ އެވެ.

ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން

އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނަގިލި ވައްޓާލާފައި އޮއްވާ ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ކުރިއަރައި ދަނީ ބާރު ސްޕީޑްގައި ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ސިފަ ކުރައްވައިފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ކެންޕޭނަށް ކޮންގްރެސް ޕާޓީން ބޭއްވި އިވެންޓެއްގައި މިނިސްޓަރު އިހުސާން ރޭ ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމަށް ވަޑައިގަތް އިރު ވެސް އޮތީ "ފާނަކުރުވަނި ރައްޔިތުންގެ މަޖިލީހެއް" ކަމަށެވެ. އެމަޖިލީހުން ފެނުނީ ކަންކަން ކުރައްވަން ހުރަސްއެޅި މަންޒަރުތައް ކަމަށެވެ. 

މިނިސްޓަރު އިހުސާން އަދި ވިދާޅުވި އެވެ: 

"މި ވަރަށް ނަގިލި ވައްޓާލައިގެން ތިއްބާވެސް [ރައީސް މުއިއްޒުގެ ވެރިކަމުގައި] ރާއްޖެ ދަތުރުކުރަމުން ދަނީ ބާރު ސްޕީޑްގައި. އެހެންވީމަ އަޅުގަނޑުމެންނަށް ތާއީދު ކުރައްވާ އެއްބާރުލުން ދެއްވާ، ރައްޔިތުންގެ މަޖިލީހެއް އޮވެއްޖެނަމަ ރާއްޖޭގެ ސްޕީޑް ދާނެވަރު އަންދާޒާ ކުރައްވާ." 

އޭނާ ވަނީ މަޖިލީސް އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓުންނަށް ތާއީދުކޮށް ހޮވައިދީ ތަރައްގީ ހޯދަން ވެސް ރައްޔިތުންގެ ކިބައިން އެދި ވަޑައިގެންފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.