ޔާމީންގެ ބޮޑު ތުހުމަތެއް: އުޅުނީ މުޒާހަރާއަށް ނެރެ ފާތުންނާ ޒެއިން ވެސް ހައްޔަރު ކުރަން

"މި ދެ މީހުން [ޒެއިންނާއި މެޑަމް ފާތުން] މަގުމައްޗަށް ނިކުތިއްޔާ ހަމަ މިތާ އެތެރޭން [ޕީޕީއެމާއި ޕީއެންސީން] ފުރަތަމަ އަންގާނީ ހިފާ ހައްޔަރު ކުރަން ޖެހޭނީ މި ދެ މީހުން ކަމަށް،"

ރައީސް އަބްދުﷲ ޔާމީން އަދި އަނބިކަނބަލުން ފާތިމަތު އިބްރާހިމް ދީދީ އަރިހުގައި އަބްދުއްރަހީމް އަބްދުﷲ: ވަރަށް ބޮޑު ތުހުމަތެއް ކުރެއްވި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވިއިރު އެމަނިކުފާނު މިނިވަން ކުރުމަށް އަނބިކަނބަލުން ފާތިމަތު އިބްރާހިމް ދީދީ އާއި ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން މުޒާހަރާއަށް ނުނިކުންނެވީ ކީއްވެގެންތޯ ސުވާލު ކުރައްވާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ދެއްކެވި ވާހަކަފުޅަށް ބޮޑު ތުހުމަތެއް އަމާޒު ކުރައްވާ ރަައީސް ޔާމީން ރައްދު ދެއްވައިފި އެވެ.

މި މަހުގެ ހަތްވަަނަ ދުވަހު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމެއްގައި އަބްދުއްރަހީމް ވަނީ ރައީސް ޔާމީން ޖަލުގައި ހުންނެވިއިރު އެމަނިކުފާނު މިނިވަން ކުރުމަށް އަނބިކަނބަލުން ފާތިމަތު އިބްރާހިމް ދީދީ އާއި ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން މުޒާހަރާއަށް ނުނިކުންނެވީ ކީއްވެގެންތޯ ސުވާލު ކުރައްވާފަ އެވެ.

"އަޅުގަނޑު ސުވާލު އުފައްދަން މިއަދު ކީއްވެގެންތޯ ރައީސް ޔާމީނު އެއޮތްހުރިހާ ދުވަހު ޖަލުގައި އޮތް އިރު މެޑަމް ފާތުމަ އެންމެ މުޒާހަރާއަކަށް ވަޑައިނުގަތީ. ޒޭނު އެންމެ މުޒާހަރާއަކަށް ވަޑައިނުގަތީ ކީއްވެގެންތޯ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވާ ރައީސް ޔާމީން މިރޭ ވަނީ ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވާފައެވެ. ފުރަތަމަ ސުވާލު ކުރެއްވީ މެޑަމް ފާތުން އަކީ ޕީޕީއެމް / ޕީއެންސީގެ އެއްވެސް މަގާމެއް ގައި ހުންނެވި ބޭފުޅެއްތޯ އެވެ. އަދި ރައީސް ޔާމީން ހައްޔަރު ކުރައްވާ ޖަލުގައި ބަންދު ކުރެއްވީ މެޑަމް ފާތުންގެ ފިރިކަލުންނަށް ވެގެންތޯ ނުވަތަ ސިޔާސީ ޕާޓީއެއްގެ ލީޑަރަކަށް ވެގެންތޯ ސުވާލު ކުރެއްވި އެވެ.

ޔާމީން ވަނީ ދެ ޕާޓީގެ ލީޑަރުންނަށް އެމަނިކުފާނު މިނިވަން ނުކުރެވުމުން އެކަން އެމަނިކުފާނުގެ އާއިލާގެ ބޮލުގައި އަޅުވަނީ ކީއްވެގެންތޯ ސުވާލު ކުރެއްވި އެވެ. އޭގެ ފަހުން ކުރެއްވީ ބޮޑު ތުހުމަތެކެވެ. ޔާމީން ވިދާޅުވީ އެމަނިކުފާނު މިނިވަން ކުރުމުގެ ނަމުގައި ހިންގި މުޒާހަރާތަކުން ހައްޔަރު ކުރާނެ މީހުން ކަނޑައަޅާ އަންގަނީ ޕީޕީއެމް / ޕީއެންސީގެ ވެރީންގެ ތެރެއިން ބަޔަކު ކަމަށެވެ. އެހެން ކަމުން އެ ބޭފުޅުންގެ ރޭވުން އޮތީ މެޑަމް ފާތުންނާއި ދަރިކަލުން ޒެއިން މުޒާހަރާއަށް ނެރެ ހައްޔަރު ކުރުން ކަމަށެވެ.

"އަޅުގަނޑު ޖަލުގައި ހުންނައިރު އަޅުގަނޑުގެ އާއިލާގެ ފަރާތުން އަޅުގަނޑަށް ހެޔޮ އެދޭ މީހުން ކައިރިއަށް އަޅުގަނޑުމެންނަށް ހެޔޮ އެދޭ މީހުން -- އެއީ ބޭރު ސަރުކާރުތައް ކަމަށްވިޔަސް ދާން ވާހަކަ ދައްކަން ތިބީ ދެ މީހުން. އެއީ އަޅުގަނޑުގެ ދޮށީ ދަރިފުޅު ޒެއިން ދެން އަޅުގަނޑުގެ އަންހެނުން ފާތުން. އެހެންވީމަ މި ދެ މީހުން މަގުމައްޗަށް ނިކުތިއްޔާ ހަމަ މިތާ އެތެރޭން [ޕީޕީއެމާއި ޕީއެންސީން] ފުރަތަމަ އަންގާނީ ހިފާ ހައްޔަރު ކުރަން ޖެހޭނީ މި ދެ މީހުން ކަމަށް،" ޔާމީން ވިދާޅުވި އެވެ.

ކޮމެންޓް

2
450
އަލޮމް މިއާ
2 weeks ago

ފާތުންނަށް ފިރިމީހާ އައްޓަކައި އެވަރުގެ ގުރުބާނީއެއް ވެވެންޖެހޭނެ ދޯ އަދި ދަރިފުޅަށްވެސް ބައްޕަ އައްޓަކައި އެވަރުގެ ކަމެއް ކުރެވިދާނެދޯ ހަގީގީ ލޯބިވާނަމަ މިވަރުގެ ކަމެއް ކުރާނެ

އާދަނު އަލީ
2 weeks ago

ބަލަ ބޮޑާބެގެ ހައްގުގާ މަގުމައްޗަށްނުކުންނަ މީހުން ހައްޔަރުކުރަންޏާ ފާތުމާ އާ ޒޭނާ ދެމައން ވަކި ހައްޔަރުނުވާންވީ ކީއްވެހޭ؟ ކުދަމިނުން އަނބިދަރިންވެސް ބޯޑާބެގެ ހައްގުގާ މަގަކަށް ނުކުމެލާ އުޅުމެއް ނެތީ. ދެން ކީއްކުރަން ރައްޔިތުމީހާ ހަނާވާންވީ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.