އެންމެ ޒާތީކޮށް ވާހަކަ ދައްކަނީ އަބްދުއްރަހީމް، ރައީސް އަންގަވައިގެން ކުރައްވާ ކަމެއްތޯ ސުވާލު ކުރައްވައިފި

"އެއްކަލަ ރޯލްމޮޑެލް [އަބްދުއްރަހީމް އަބްދުﷲ] ކަމަށް މި ވަނީ [އަޅުގަނޑާ] އެންމެ ބޮޑަށް ޒާތީ ވާހަކަ މި ދައްކަނީ. އަޅުގަނޑުމެންނަށް ވެސް އެ ބޭފުޅުންނާ މެދު ދެއްކޭނެ ވާހަކަ މަދެއް ނުވާނެ،"

ރައީސް ޔާމީން މިރޭގެ ޖަލްސާ ގައި ވާހަކަފުޅު ދައްކަވަނީ: އެންމެ ޒާތީކޮށް ވާހަކަ ދައްކަވަނީ އަބްދުއްރަހީމް ކަމަށް ވިދާޅުވި -- ޔާމީން | ދަ މިރާ

އެމަނިކުފާނަށް ނިސްބަތް ކުރައްވާ އެންމެ ޒާތީކޮށް ވާހަކަފުޅު ދައްކަވަނީ ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ އާ ސިޔާސީ ޕާޓީ -- ޕީއެންއެފްގެ ހެޑް އޮފީހުގައި މިރޭ އޮތް ޖަލްސާ ގައި ރައީސް ޔާމީން ވަނީ އެމަނިކާނުގެ ފަހަތްޕުޅު ގައި ކުރީން ތިއްބެވި އަދި މިހާރު ރައީސް މުއިއްޒާ އެކު ތިއްބެވި ޕީޕީއެމް / ޕީއެންސީގެ އިސް ބޭފުޅުން އެމަނިކުފާނާއި އާއިލާއަށް ފާޑު ވިދާޅުވަމުންދާތީ އެކަމާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ.

އިވިވަޑައިގަންނަވާ ވާހަކަތަކާއި އަރިހުގައި ތިއްބެވި ބޭފުޅުންގެ ވާހަކަތަކުން އެމަނިކުފާނަށް ނިސްބަތް ކުރައްވާ އެންމެ ޒާތީކޮށް ވާހަކަ ދައްކަވަނީ އަބްދުއްރަހީމް ކަމަށް ވިދާޅުވި އެވެ. ޕީޕީއެމް / ޕީއެންސީގެ ވެރީން އެމަނިކުފާނަށް އެ މިންވަރަށް ފާޑު ވިދާޅުވަމުންދާއިރު މީޑިއާތަކުގައި ރައީސް މުއިއްޒު ދައްކަވަނީ މުޅީން އެހެން ވާހަކަފުޅެއް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ފާޑު ވިދާޅުވެ ރައްދު ނުދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ކަން ފާހަގަ ކުރައްވާ އެމަނިކުފާނު ވަނީ މިއީ ރައީސް މުއިއްޒަށް އެނގިވަޑައިނުގެން ހިންގަވާ ކަމެއްތޯ ސުވާލު ކުރައްވާފައެވެ. ނޫނީ ސީދާ އެކަން ރައީސް ނުކުރައްވާ ހިތްވަރު ދެއްވައިގެން އެހެން ބަޔަކު ލައްވާ ކުރުވަނީތޯ ވެސް ސުވާލު ކުރެއްވި އެވެ.

"އެއްކަލަ ރޯލްމޮޑެލް [އަބްދުއްރަހީމް އަބްދުﷲ] ކަމަށް މި ވަނީ [އަޅުގަނޑާ] އެންމެ ބޮޑަށް ޒާތީ ވާހަކަ މި ދައްކަނީ. އަޅުގަނޑުމެންނަށް ވެސް އެ ބޭފުޅުންނާ މެދު ދެއްކޭނެ ވާހަކަ މަދެއް ނުވާނެ،"

"އެކަމަކު އަޅުގަނޑަކީ އެހާ ދަށް ފެންވަރަކަށް ދާނެ މީހެއް ނޫން،" އަބްދުއްރަހީމަށް ކިތަންމެ ގޮތަކުން ރައްދު ދެއްވިދާނެ ކަމަށް ވިދާޅުވަމުން ރައީސް ޔާމީން މިރޭގެ ޖަލްސާ ގައި ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން (ކ) އަބްދުއްރަހީމްﷲ (މ) ރައީސް މުހަައްމަދު މުއިއްޒު (ވ)

ރައީސް ޔާމީން އެންމެ އިތުބާރު ކުރެއްވި އެއް ސިޔާސީ ލީޑަރަކީ އަބްދުއްރަހީމް އަބްދުﷲ އެވެ. ޖަލު ގައި ހުންނަވަން ޖެހިވަޑައިގަތުމުން ޔާމީން ލީޑަރު ކަން ކުރައްވަމުން ގެންދެވި ދެ ޕާޓީ -- ޕީޕީއެމާއި ޕީއެންސީގެ ހިންގުން ވަގުތީ ގޮތުން ހަވާލު ކުރެއްވީ ވެސް އަބްދުއްރަހީމްއާ އެވެ.

އެއީ އަބްދުއްރަހީމަށް އޭރު އޮތް އިތުބާރުގެ ބޮޑު ކަމުންނެވެ. ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ރައީސް ޔާމީނާއި ރައީސް މުއިއްޒާ އޮތް ގުޅުން ކެނޑުމުން އަބްދުއްރަހީމް އިހްތިޔާރު ކުރެއްވީ ރައީސް މުއިއްޒުގެ އަރިހުގައި ހުންނެވުމަށެވެ. ރައީސް މުއިއްޒާއި ސަރުކާރަށް އަމާޒު ކޮށް ޔާމީނާއި ޕީއެންއެފްގެ ވެރީން ދައްކަވާ ވާހަކަތަކަށް އެންމެ ވަރުގަދަކޮށް ރައްދު ދެއްވަނީ އަބްދުރަހީމް އަބްދުﷲ އެވެ.

ރައީސް މުއިއްޒު ދާދި ފަހުން ވަނީ އަބްދުއްރަހީމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ވިދާޅުވީ އެ ބޭފުޅަކަށްޓަކާ އެންމެ ފަހުރުވެރިވާ ސިޔާސީ ބޭފުޅަކީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ކަމަށެވެ.

ރައީސް ވިދާޅުވީ ސިޔާސީ މަސައްކަތުގައި އެމަނިކުފާނަށް ދިމާވި ކޮންމެ ކަމެއްގައި އެންމެ ބޮޑު އެހީތެރިކަމެއް ދެއްވެވި ބޭފުޅަކީ އަބްދުއްރަހީމް ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުން ފެށިގެން އަބްދުއްރަހީމްގެ އެ އެހީތެރިކަން އަދިވެސް އެގޮތުގައި އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

"އެމަނިކުފާނަކީ [އަބްދުއްރަހީމަކީ] އަޅުގަނޑަށް މިދިޔަ ހުރިހާ ދުވަހަކު، ސިޔާސީ މަަސައްކަތު ގައި އަޅުގަނޑަށް ދިމާވި ހުރިހާ ކަމެއް ގައި އެންމެ ބޮޑަށް އެހީތެރިކަން ދެއްވި ބޭފުޅާ. އެއީ ރައީސް ޔާމީންގެ ވެރިކަމުގައި ފަހުން ވެސް،"

ރައީސް ވިދާޅުވީ އެ ބޭފުޅަކަށްޓަކާ އެންމެ ފަހުރުވެރިވާ ސިޔާސީ ބޭފުޅަކީވެސް އަބްދުއްރަހީމް ކަމަށެވެ. އަބްދުއްރަހީމް އިންތިހާބު ކޮށް ދެއްވުމަކީ ފޮނަދޫ ރައްޔިތުންނަށް އެމަނިކުފާނަށް ވެސް ކޮށް ދެއްވޭނެ ކަމަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު އެ ބޭފުޅަކަށްޓަކާ އެންމެ ފަހުރުވެރިވާ ސިޔާސީ ބޭފުޅަކީ އަބްދުއްރަހީމް. އެހެންވީމަ އެމަނިކުފާނު އެ ގޮނޑިއަށް ހޮއްވަވައި ދެއްވުމަކީ ތިޔަބޭފުޅުންނަށް އަޅުގަނޑަށް ވެސް ކޮށް ދެއްވޭނެ ކަމެއް،"

ކޮމެންޓް

1
450
ފާތުމާ
2 weeks ago

ބޮޑާބެ ވެރިކަމުގެ ދަހިވެތިކަމުގާ މިސަރުކާރާ ޒާތީވެގަނެގެން ލިބޭނެ މޮޅެއް ނޯންނާނެ. ތިޔަކި ރައްޔިތުން އެހާ ބަލައިގަންނަ މީހެއްނޫން. ރައީސް މުއިއްޒުއާ ޒާތީވާން ބޮޑާބެ ތިޔާއުޅެނީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.