ފެލިވަރު ފެކްޓްރީގެ ކެޕޭސިޓީ ބޮޑު ކުރުމުގެ ގޮތުން ގދ. ފިޔޯރީ އާއި ދ. މާދެލީ ގައި މަސް ފެކްޓްރީ ހަދާނެ އެވެ.
ތިން ރަށެއްގައި މަސް ފެކްޓްރީ އަޅަން ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް އާ ހަވާލު ކޮށްފި އެވެ.
މިއީ 175 މިލިއަން ޑޮލަރު މަޝްރޫއު އެކެވެ. ސަރުކާރުން ބުނީ މި މަޝްރޫއުގެ ދަށުން ޅ. ފެލިވަރު ފެކްޓްރީގެ ކެޕޭސިޓީ ބޮޑު ކުރުމުގެ ގޮތުން ގދ. ފިޔޯރީ އާއި ދ. މާދެލީ ގައި މަސް ފެކްޓްރީ ހަދާނެ އެވެ. މިއީ މުޅިން އަލަށް މަސް ފެކްޓްރީ ހަދާ ދެ ރަށެވެ.
ޗައިނާ ކުންފުންޏަށް ހަވާލުކުރި މަޝްރޫއު ގައި ފެލިވަރުގެ ކެޕޭސިޓީ އިތުރު 100 ޓަނަށް ބޮޑު ކުރެވޭނެ މިންވަރަށް ތަރައްގީ ކުރާނެ އެވެ. ފިޔޯރީ ގައި ހަދާނީ 100 ޓަނުގެ މަސް ޕްރޮސެސް ކުރެވޭނެ ފެކްޓްރީ އެކެވެ. މީގެ އިތުރުން މާދެލީ ގައި 50 ޓަނުގެ މަސް ޕްރޮސެސް ކުރެވޭނެ ފެކްޓްރީއެއް އަޅަން ވަނީ ނިންމާފައެވެ.