ޗެންޕިއަންސް ލީގު ފައިނަލްގައި ކުއްޖަކު ދަނޑަށް އެރުވަން ލިބޭ ޕްރޮމޯޝަނެއް

މާސްޓާކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސާ އެވެ. ބީއެމްއެއް އަކީ ރާއްޖޭގައި މާސްޓާކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބީއެމްއެލުން ރާއްޖޭގައި މާސްޓާކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރެ އެވެ.

ޔޫއެފާ ޗެންޕިއަންސް ލީގުގެ ފައިނަލް މެޗުގައި ކުޅޭ ދެ ޓީމާއެކު މެޗު ފަށަން ދަނޑަށް އަރާ ކުދިންގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް އެ ބޭންކުގެ މާސްޓާކާޑު ކަސްޓަމަރުންނަށް ހުޅުވާލައިފި އެވެ. 

މި އަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލް އޮންނާނީ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގަ އެވެ.

ފުޓްބޯޅައަށް ލޯބިކުރާ ކުދިންނަށް، މާސްޓަކާޑު ޕްލޭޔާ މެސްކޮޓް އެކްސްޕީރިއަންސްގެ ދަށުން ޔޫއެފާ ޗެންޕިއަންސް ލީގުގެ ފައިނަލް މެޗް ބަލާލެވި، ދުނިޔޭގެ އެންމެ މޮޅު ބައެއް ކުޅުންތެރިންނާއެކު ދަނޑަށް އެރުމުގެ ފުރުސަތެއް ލިބެ އެވެ.

މި ޕްރޮމޯޝަނުގެ ދަށުން ލިބޭ އިނާމުގެ ގޮތުގައި ދެ މީހަކަށް -- ބޮޑު މީހަކާއި ކުއްޖަކަށް -- ހުރިހާ ހަރަދަކާއެކު ލަންޑަންގައި ހަތަރު ދުވަހަށް ހުރުމުގެ ފުރުސަތު ދޭނެ އެވެ. އެގޮތުން ލަންޑަން ދެކޮޅު ޓިކެޓާއި އެކޮމޮޑޭޝަނާއި ދަތުރުގައި ބައިވެރިވާ ކުއްޖާއަށް ޔޫއެފާ ޗެމްޕިއަންސް ލީގް ފައިނަލް މެޗު ފަށާއިރު ދަނޑަށް އަރާ ކުޅުންތެރިންނާއެކު އެރުމުގެ ފުރުސަތާއެކު ޕޮކެޓް މަނީގެ އިތުރުން ވެލަކަމް ގިފްޓެއް ދޭނެ އެވެ.

މި ޕްރޮމޯޝަންގައި މާސްޓާކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑު ބޭނުންކޮށްގެން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނޭނެ އެވެ. ޕްރޮމޯޝަން ކުރިއަށްދާނީ މެއި 7، 2024 ގެ ނިޔަލަށެވެ.

މާސްޓާކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސާ އެވެ. ބީއެމްއެއް އަކީ ރާއްޖޭގައި މާސްޓާކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބީއެމްއެލުން ރާއްޖޭގައި މާސްޓާކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.