ބަދަލުހިފަން އެމްޑީޕީން ކުރަނީ އެންޓި ކެމްޕޭން: ކޮންގްރެސް

ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީ ހިމެނޭ ކޯލިޝަނުން މިއަދު ބުނި ގޮތުން އެމްޑީޕީއިން މަސައްކަތް ކުރަނީ އެންޓިކެމްޕޭން ކުރުމަށެވެ.

މިއަދު ކޮންގްރެސް ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރު ކޯލިޝަނުގެ ތަރުޖަމާނު ހީނާ މައުލޫމާތު ދެއްވަނީ -- ފޮޓޯ: މިރާ

އިދިކޮޅުގައި އޮތް އެމްޑީޕީން އެންޓި-ކެމްޕޭން ކުރާ ކަމަށް ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީ އާއި ޕީޕީއެމް ކޯލިޝަނުން ބުނެ ތުހުމަތުތަކެއް ކޮށްފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮންގްރެސް އާއި ޕީޕީއެމްގެ ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މި މަހުގެ 21 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރާ ކެންޑިޑޭޓުންނާއި އެމްޑީޕީގެ އިސްވެރިން ބާއްވާ ކެމްޕޭން ޖަލްސާތަކުގައި އެންޓި-ކެމްޕޭން ކުރަމުން ގެންދާ ކަމަށެވެ.

[އެމްޑީޕީ ކެންޑިޑޭޓުންގެ ކެމްޕޭން ޕޯސްޓަރުތަކުގައި] އެބޭފުޅުންގެ ސިޔާސަތުތަކެއް ނެތް ފެންނާކަށް. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ފެންނަން ހުރީ އެބޭފުޅުންގެ ވެރިކަން ގެއްލުމުން ނުވަތަ ވެރިކަން ބަދަލުވުމުން، އެ ލިބުނު އެއްޗެއް ގެއްލުނީމަ ވީ ތަދުން އެ ރިހުމުގަ، އެންޓި ކެމްޕޭން ކުރަމުންދާތަން" އެންސްޕާގެ ސީއީއޯކަން ވެސް ކުރައްވާ ހީނާ ވިދާޅުވި އެވެ. 

މާލޭގެ މަގުތަކުގައި އެންޓި-ކެމްޕޭން ކުރާ ގޮތަށް އެކި އިބާރާތްތައް ލިއެފައި ހުރި ބެނާ އަދި ޕޯސްޓަރުތައް، އިލެކްޝަން ކޮމިޝަނަށް ނުފެންނަނީތޯ ހީނާ މިއަދު ސުވާލު އުފެއްދެވި އެވެ. އަދި ވިދާޅުވީ އިދިކޮޅުން ކެމްޕޭން ކުރަނީ އިލެކްޝަނުން ހުއްދަ ދީފައި އޮންނަ ގޮތާ މުޅިން ހިލާފަށް ކަމަށެވެ.

ހީނާ ވިދާޅުވީ، އެމްޑީޕީން ކެމްޕޭން ކުރަނީ ކެންޑިޑޭޓުންނަކީ ގާނޫނު ހަދާ މަޖިލީހަށް އިންތިހާބު ކުރާ ބައެއްގެ ގޮތުގައި ފޯކަސް ކޮށްގެން ނޫން ކަމަށާއި އެމްޑީޕީއިން ގެންގުޅެނީ އަނިޔާވެރިކަމާއި، ބަދަލުހިފުމުގެ ރޫހު ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވާހަކަފުޅު ދައްކަވަނީ އެއްވެސް އަމާޒެއް އަދި ސިޔާސަތެއް ނެތި ބިރު ދައްކާ ގޮތަށް ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވޭ އެމްޑީޕީގެ ޗެއާޕާސަން [ފައްޔާޒު އިސްމާއީލް] ވާހަކަފުޅު އެ ދައްކަވާ މޭރުން، އެ ވާހަކަފުޅު ދައްކަވާ ރާގު ނުވަތަ އެ ޓޯން ހުންނަ ގޮތް. ސިޔާސީ ޕާޓީއެއްގެ އިސް ލީޑަރަކު ވާހަކަފުޅު ދައްކަވަން ޖެހޭ ފަދަ ޓޯނަކުން ނުވަތަ މޭރުމަކުން ވާހަކަ ދައްކަވާހެނެއް ފާހަގައެއް ނުވޭ. އަޅުގަނޑުމެންނަށް އެކަހަލަ މޭރުމަކުން ނުވަތަ ޓޯނަކުން ވާހަކަފުޅު ދައްކަވާތަން މި ފެންނަނީ ދުނިޔޭގެ މިބޮޑެތި ގައުމުތަކުގައި ހައްދުފަހަނައަޅާފައި އޮންނަ ޖަމާއަތްތަކުން،" ހީނާ ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.