ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ އޮޅުވާލުމެއް: ފައިސާ ދެއްކި ނަމަ އަންގަން އެދެފި

ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދުތަކެއް ގެނެސްދޭނެ ކަމަށް ބުނެ އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ނަގާފައި ވަނީ މެގަޓްރޯން މޮޓޯރސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކުންނެވެ

ދިވެހި ފުލުހުންގެ ހިދުމަތުގެ އިދާރާ -- މިރާ

ވެހިކަލް ގެނެސް ދޭނެ ކަމަށް ބުނެ އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ނެގި މައްސަލައަކާ ގުޅިގެން، އިތުރު ބައެއްގެ އަތުން އެގޮތަށް ފައިސާ ނެގާފައި ވޭތޯ ބަލަން ފުލުހުން އިއުލާނެއްކޮށް އެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނީ "މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް" ނަމަކަށް ކިޔާ ކުންފުންޏަކުން އެކަން ކުރީ އޮޅުވާލައިގެން ކަމަށެވެ. 

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިރާ" މައުލޫމާތު ދެއްވަމުން ވިދާޅުވީ  އޮޅުވާލައިގެން ފައިސާ ނަގާފައި ވަނީ ހަތަރު ފުރޮޅުލީ އުޅަނދުތަކެއް ގެނެސްދޭނެ ކަމަށް ބުނެ ކަމަށެވެ. އަދި އެ މުއާމަލާތްތަކުގައި ފައިސާ ނަގާފައި ވަނީ ބޮޑެތި އަދަދުތަކުން ކަމަށެވެ.

މެގަޓްރޯން މޮޓޯރސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލްއިން ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ނެގި މައްސަލާގައި ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ ކިތައް މީހުން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. 

ވެހިކަލް ގެނައުމަށް އެ ކުންފުންޏަށް ފައިސާ ދައްކަވާފައިވާ މީހުން ފުލުސް އިދާރާގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް ގުޅައި އެ މައުލުމާތު ހިއްސާ ކޮށްދޭން ފުލުހުން ވަނީ އެދިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.