ވިއްސާރާގައި ގެއްލުން ވެގެން 85 ރިޕޯޓެއް، ވަގުތީ ހިޔަލުގައި 42 މީހުން

މެޓް އޮފީހުން ބުނީ އިއްޔެ ހަވީރުން ފެށިގެން މާލެ ސަރަހައްދަށް ކުރި ވިއްސާރާގައި ގެއްލުން ލިބިގެން 85 ރިޕޯޓެއް ލިބިފައިވާކަމަށް. ދިރިނޫޅެވޭ ވަރަށް ގެއްލުންވި ހަ ގެއަކުން 42 މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވޭ.

ފެންވަންނާތީ ގޭގޭގައި ވެލި ބަސްތާ ޖަހަނީ

މާލޭ ސިޓީއަށް އިއްޔެ ކުރި ވިއްސާރާގައި އެކިވަރުގެ ގެއްލުން ލިބިގެން 85 ގެއަކުން ރިޕޯޓް ކޮށްފައިވާ ކަމަށާއި، ބޮޑަށް ގެއްލުން ލިބުނު ހަ ގެއެއްގެ މީހުން ވަގުތީ ހިޔާތަކަށް ބަދަލު ކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ. 

އެންޑީއެމްއޭގެ މީޑިއާ އޮފިސަރު އަލީ އާސިރު "މިރާ" އަށް މައުލޫމަތު ދެއްވަމުން މިއަދު ވިދާޅުވީ އިއްޔެ ކުރި ވިއްސާރާގައި ގެއްލުން ލިބިގެން ރިޕޯޓުކުރި ތަންތަނުގެ ތެރޭގައި އާންމު ގޭބިސީތަކުގެ އިތުރުން ރެސްޓޯރެންޓް / ކެފޭތަކާއި ފިހާރަ އަދި އޮފީސްތައް ވެސް ހިމެނޭ ކަމަށެވެ. 

"އަޅުގަނޑުމެންނަށް ބެލެވެނީ ތިން ދުވަހެއް ތެރޭގައި [ވަގުތީ ހިޔާތަކުގައި ތިބި މީހުން] އެމީހުން ގެތަކަށް ބަދަލުކުރެވޭނެހެން. މިހާރު އެ ގެތަށް އާންމު ހާލަތަކަށް ގެނައުމަށް މަސައްކަތް ކުރެވެމުން ދަނީ" އެންޑީއެމްއޭގެ މީޑިއާ އޮފިސަރު އަލީ އާސިރު

އިއްޔެ ހަވީރުން ފެށިގެން މާލެ ސިޓީއަށް ކުރި ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން 241 ގެއެއްގައި ވެލި ބަސްތާ ޖެއްސި އެވެ. އަދި މާލޭގެ ފެންބޮޑުވި ބައެއް ސަރަހައްދުތަކުގައި ފެން ހިއްކަން ފެން ޕަމްޕްތަކާއެކު ސިފައިން ހަރަކާތްތެރިވެފައި ވެއެވެ. 

ލޯކަލް ކައުންސިލް އަދި ސިޓީސް މިނިސްޓްރީން ބުނީ މާލެ ސިޓީގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމުގެ މަސައްކަތުގައި މާލޭގެ އަށް ސަރަހައްދެއް ގައި 14 ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރި ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.