ކުރިއެރުން 14 ޕަސެންޓް ؛ ޓޫރިސްޓުންގެ އަދަދު 700،000 ގާތަށް

މި އަހަރުގެ މިހާތަނަށް މި ރާއްޖެއަށް އައިސް އެވްރެޖު ގޮތެއްގައި ޓޫރިސްޓުން މަޑު ކުރަނީ 7.9 ދުވަހު އެވެ.

ޗައިނާއިން އައި ޓޫރިސްޓުންނަށް ރާއްޖޭން ފިނިފެން މަލުން މަރުހަބާ ކިޔަނީ

މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު 14 ޕަސެންޓުގެ ކުރިއެރުމާއެކު ޓޫރިސްޓުންގެ އަދަދު 700،000 އާ ގާތަށް ޖެހިލައިފި އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 663,269 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިހާރު ޓޫރިސްޓުންގެ އަދަދު 700،000 އަށް އަަރާފާނެ ކަމަށް ބެލެވެ އެވެ. މިހާރު ޓޫރިސްޓުން އަންނަ އަދަދުން ޓޫރިޒަމަށް 14 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވެ އެވެ. 

މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ޗައިނާއިންނެވެ. އެ ގައުމުން އައި މީހުންގެ އަދަދު އުޅެނީ 71,995 ގަ އެވެ. އެ ގައުމުގެ އިތުރުން ދެން އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ރަޝިއާއިންނެވެ. އެ ގައުމުން 66,999 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ތިން ވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ  ރަޝިއާއިންނެވެ. އެ ގައުމުން 66,803 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ތިންވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ އިޓަލީ އިންނެވެ. އެ ގައުމުން 61,379 މީހުން އައިސްފައިވެ އެވެ. 

މި އަހަރުގެ މިހާތަނަށް ޓޫރިސްޓުން ރާއްޖޭގައި އެވްރެޖުކޮށް ހޭދަ ކުރަނީ  7.9 ދުވަހެވެ. މިހާރު އެވްރެޖު ގޮތެއްގައި ރާއްޖެއަށް ދުވާލެއްގެ މައްޗަށް އަންނަނީ 6,567 މީހުންނެވެ. 

ޓޫރިޒަމް 2024 - މިއަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ގެނައުމަކީ އަމާޒެކެވެ. މިދިޔަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމްގެ ރެކޯޑު ހެދި އަހަރެކެވެ. މިދިޔަ އަހަރު 1,878,543 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި އޭގެ ކުރީ އަހަރު އައިސްފައިވަނީ 1,675,303 ޓޫރިސްޓުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.