މާލެ ފެނުއަޑީގައި، ފެން ހިންދަން 14 ޕަންޕު ބަހައްޓައިފި

މާލޭގެ އަށް ސަރަހައްދެއް ގައި 14 ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް އެބަ ކުރެ އެވެ. މާލޭގެ ބޮޑު ސަރަހައްދެއް ގައި ފެންބޮޑުވެ އާންމު ދިރިއުޅުމަށް ވަނީ ބުރޫއަރާ ފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ވެރިރަށް މާލޭގެ މަތިތަކުގައި ފެން ބޮޑުވެފައި -- ފައިލް ފޮޓޯ

މާލެ ސިޓީއަށް މިއަދު ކުރި ވިއްސާރާ ގައި މާލޭ ބޮޑު ސަރަހައްދެއްގައި ބޮޑުވި ފެންގަނޑު ހިންދަން ސިފައިން ނިކުމެއްޖެ އެވެ.

މިއަދު ހަވީރު މާލެއަށް ކުރި ވިއްސާރާގައި މާލޭގެ ބޮޑު ސަރަހައްދެއް ގައި ވަނީ ފެންބޮޑުވެފައެވެ. ބޯކޮށް ވާރޭވެހެމުން ދިޔައިރު ގަދައަށް ވިދާ އެހާމެ ބާރަށް ގުގުރަމުން ދިޔަ އެވެ. 

ލޯކަލް ކައުންސިލް އަދި ސިޓީސް މިނިސްޓްރީން ބުނީ މާލެ ސިޓީގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމުގެ މަސައްކަތް ސިފައިން ކުރަމުންދާ ކަމަށެވެ. އެގޮތުން މާލޭގެ އަށް ސަރަހައްދެއް ގައި 14 ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް އެބަ ކުރެ އެވެ.

ފެންވަންނާތީ ގޭގޭގައި ވެލި ބަސްތާ ޖަހަނީ

އެ މިނިސްޓްރީން ބުނި ގޮތުގައި ފެން ވަންނާތީ ގޭގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. މިހާތަނަށް 241 ގެއެއްގައި ވެލި ބަސްތާ ޖަހާފައިވާ ކަމަށް ވެސް ބުންޏެވެ.

"ވިއްސާރާގައި އަސަރު ކުރަމުންދާ ރާއްޖޭގެ އެކިއެކި ރަށްރަށުގެ ހާލަތު މި މިނިސްޓްރީން ސަނީ ގާތުން ބަލާ މޮނިޓާ ކުރަމުން،" 

ފެންވަންނާތީ ގޭގޭގައި ވެލި ބަސްތާ ޖަހަނީ

މާލެ ސިޓީގެ މަގުތަކުގައި ބޮޑުވެފައިވާ ފެންގަނޑު ނުހިދެނީސް ކުނި ނުނެރުމަށާ ބަރު އުޅަނދު ނުދުއްވަން ފުލުހުން ވަނީ އެދިފައެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ ބައެއް ގޭގެއަށް ފެން ވަނުމުުގެ ހާދިސާތައް ހިނގަމުންދާ ކަމަށެވެ. އެހެން ކަމުން މަގުތަކުން ފެން ހިނދި އާންމު ހާލަތަކަށް އަންނަންދެން މަގުތަކަށް ކުނި ނުނެރުމަށާ ބަރު އުޅަނދު ނުދުއްވަން ފުލުހުން ވަނީ އެދިފައެވެ.

އަދި ޒަރޫރީ ބޭނުމަށް ނޫނީ ހަތަރުފުރޮޅުލީ އުޅަނދު ނުދުއްވަން ވެސް އެދިފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.