ފެން ހިންދަން ސިފައިން ނިކުމެއްޖެ

ސިފައިން ދެންމެ ބުނީ ބޯކޮށް ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، މަގުތަކުން ފެން ހިންދުމާއި އަދި ބައެއް ގެތަކަށް ފެންވަންނަމުން ދާތީ ވެލި ބަސްތާ ޖެއްސުމުގެ މަސައްކަތުގައި އެމްއެންޑީއެފް އެފްއާރުއެސް އާއި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ސިފައިން ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

މާލެ މަގުތަކުގައި ބޮޑުވެފައިވާ ފެންބޮޑު ހިންދުމުގެ މަސައްކަތް ސިފައިން ކުރަނީ

މާލެ ސިޓީގެ މަގުތަކުގައި ބޮޑުވެފައިވާ ފެންބޮޑު ހިންދުމުގެ މަސައްކަތް ސިފައިން ފަށައިފި އެވެ.

މީގެ ދޮޅުގަޑިއެއްހާއިރު ކުރީން ފެށިގެން މާލެއަށް ދަނީ ވަރަށް ބޯކޮށް ވާރޭވެހެމުންނެވެ. ގަޑިއެއްހާ އިރަށް ބޯކޮށް ވެހުނެވެ. މިވަގުތު ތުނި ކޮށްލާފައި އޮތް ނަމަވެސް ބޯކޮށް ވެހުމާއި ގުޅިގެން ބައެއް ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފައެވެ.

ބައެއް ގޭގައަށް ފެންވަދެ ގެއްލުން ވެސް ވެފައިވެ އެވެ.

މާލެ މަގުތަކުގައި ބޮޑުވެފައިވާ ފެންބޮޑު ހިންދުމުގެ މަސައްކަތް ސިފައިން ކުރަނީ

ސިފައިން ދެންމެ ބުނީ ބޯކޮށް ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، މަގުތަކުން ފެން ހިންދުމާއި އަދި ބައެއް ގެތަކަށް ފެންވަންނަމުން ދާތީ ވެލި ބަސްތާ ޖެއްސުމުގެ މަސައްކަތުގައި އެމްއެންޑީއެފް އެފްއާރުއެސް އާއި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ސިފައިން ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.