އެމްޑީޕީ މެންބަރުން ވިކޭނެ، އަސްލު އެމްޑީޕީ އަކީ ޑިމޮކްރެޓްސް ކަމަށް ވިދާޅުވުމުން ރައްދު ދީފި

"އެމްޑީޕީގެ ތިލަފަތް އޮތީ ޑިމޮކްރެޓްސްގެ އަތުގައި. އަސްލު އެމްޑީޕީ އަކީ އަޅުގަނޑުމެން،" ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު (ކ) ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަހްމަދުގެ ކޮއްކޮ ނަޒީހާ އަހްމަދު

އަސްލު އެމްޑީޕީ އަކީ ދަ ޑިމޮކްރެޓްސް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދުގެ ކޮއްކޮ ނަޒީހާ އަހްމަދު ރައްދު ދެއްވައިފި އެވެ.

ނަޝީދު ގެންގުޅުއްވާ އެކްސް އެކައުންޓެއް ކަމަށްވާ އަނެއްދިވެހިރާއްޖެ އެކައުންޓުން ކުރެއްވި ޓްވީޓެއް ގައި ވިދާޅުވީ އެމްޑީޕީގެ ގިނަ މަޖިލީސް މެންބަރުންނަކީ ކޮންޓްރެކްޓެއްގެ ބޭނުމުގައި ފާރަވެރިވުން މުޅީން ދޫކޮށްލާފައިވާ ބައެއް ކަމަށެވެ. އަދި ވެސް އެމްޑީޕީގެ އެ މެންބަރުން ކޮންޓްރެކްޓަށް ގުޑާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ސަރުކާރަށް ފާރަވެރިވެވޭނީ ޑިމޮކްރެޓްސްގެ މެންބަރުންނަށް ކަމަށާ އެއީ ކުރީން ވެސް އެކަން ކުރެއްވި މެމްބަރުން ކަމަށެވެ.

ނަޝީދު ދެން ވިދާޅުވީ އެމްޑީޕީގެ އިންސާފުގެ ހަމަހަމަ ތިލަފަތް އޮތީ ޑިމޮކްރެޓްސް ގައި ކަމަށެވެ.

"އެމްޑީޕީގެ ތިލަފަތް އޮތީ ޑިމޮކްރެޓްސްގެ އަތުގައި. އަސްލު އެމްޑީޕީ އަކީ އަޅުގަނޑުމެން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ އެ ވާހަކަފުޅަށް ރައްދު ދެއްވާ ނަޒީހާ ވިދާޅުވީ އަސްލު އެމްޑީޕީ ތިބީ އެމްޑީޕީގައި ކަމަށެވެ. އަދި ނަޝީދުގެ އެ ވާހަކަތަކަށް މަލާމާތް ރައްދު ކުރި އެވެ.

"ލޮލް.. އަސްލު އެމްޑީޕީ ތިބީ އެމްޑީޕީ ގައި،" ނަޝީދަށް ރައްދު ދެއްވާ ނަޒީހާ ވިދާޅުވި އެވެ.

އަސްލު އެމްޑީޕީ އަކީ ދަ ޑިމޮކްރެޓްސް ކަމަށް ނަޝީދު ވިދާޅުވިއިރު މަޖިލީސް ކެމްޕެއިނަށް ނަޝީދު ރާއްޖެ ވަޑައިގަންނަވަން ދަނީ ތައްޔާރު ވެވަޑައިގަންނަވަމުންނެވެ. ކެމްޕެއިންގެ އެންމެ ފަހު ދެ ދުވަހު ޑިމޮކްރެޓްސްގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މާލެއާ ވިލިމާލެ އަދި ހުޅުމާލެ ހަރަކާތްތަކެއް ހިންގަން ވަނީ ނިންމާފައެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.