ވޮލްޑޯފްގެ ޕާޓްނަރެއް ރާއްޖޭގައި ވޯޓާ ތީމްޕާކަކާ ކުޅިވަރުތައް ހިމެނޭ ރިސޯޓެއް

މި ރިސޯޓް ތަރައްގީ ކުރަނީ ކ. ވާރެއްދޫ ފަރުގަ އެވެ. މި ރަށަކީ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް މިދިޔަ އަހަރު ވިއްކާލި ފަޅެކެވެ.

ކ. ވާރެއްދޫ ފަރު : މި ފަރުގައި ހަދަނީ ތީމް ޕާކް ކޮންސެޕްޓުގެ ރިސޯޓެއް

ރާއްޖޭގެ ރިސޯޓެއްގައި މިހާތަނަށް ހަދާ އެންމެ ބޮޑު ވޯޓާތީމް ޕާކާއި ކުޅިވަރުގެ ވަސީލަތްތައް ހިމެނޭ ގޮތަށް ރާއްޖޭގެ ވޮލްޑޯފް އެސްޓޯރިއާ އިތާފުށި ހިންގާ ކުންފުނީގެ އެއް ޕާޓްނަރު މާލެ އަތޮޅު ފަޅެއްގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މި ރިސޯޓް ތަރައްގީ ކުރަނީ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް މިދިޔަ އަހަރު ވިއްކާލީ ވާރެއްދޫ ފަޅުގަ އެވެ. ރިސޯޓު ތަރައްގީ ކުރަނީ ވޮލްޑޯފް އެސްރިއާގެ އެއް ޕާޓްނަރު ކަމަށްވާ މައުތާޒް އަލް ޚައްޔަތު އާއި ތުރުކީގެ މަހުޖަނެއް ގުޅިގެންނެވެ. 

ގާސިމްގެ ކ. ވާވެއްދިފަޅު ނުވަތަ ވާރެއްދޫ ފަރު އިތާފުށީގެ އޯނަރުން ބައްލަވައިގެންފައިވަނީ 350 މިލިއަން ރުފިޔާ އަށެވެ. އިތާފުށީގެ އޯނަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދިވެހި ޕާޓްނަރަކީ ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު އެވެ. 

މި ސަރަހައްދުގެ އެންމެ ބޮޑު ތީމްޕާކް

ވާރެއްދޫ ފަރުގައި ތަރައްގީ ކުރާ މި ރިސޯޓަކީ ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ ބޮޑު ވޯޓާތީމް ޕާކް އޮންނާނެ ރިސޯޓެވެ. މި ރިސޯޓު ހަދަނީ ތުރުކީގެ ދަ ލޭންޑް އޮފް ލެޖެންޑްސް ކޮންސެޕްޓަށެވެ. މި ކޮންސެޕްޓަކީ ތީމް ޕާކްތަކާއެކު ހޮޓާ އަދި ރިސޯޓް ތަރައްގީ ކުރާ ކޮންސެޕްޓެކެވެ. މި ކޮންސެޕްޓުގައި ހަދާފައިވާ ގިނަ ރިސޯޓު ތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން ގެންދެ އެވެ. 

"މިރާ" އަށް އެނގިފައިވާ ގޮތުގައި ލޭންޑް އޮފް ލެޖެންޓްސް މޯލްޑިވްސްގެ ނަމުގައި ވާރެއްދޫ ފަރުގައި ތަރައްގީ ކުރަނީ ތިން ރަށެއްގެ މައްޗަށެވެ. މިތަނުން އެއް ރަށުގައި ކިކޮލޭޑިއަމް ތީމްގެ ޕާކެއްވެސް ހުންނާނެ އެވެ. މި ރަށް 493،000 އަކަފޫޓަށް ވުރެ ބޮޑެވެ. މީގެ އިތުރުން ޑައުންޓައުން އައިލެންޑަކާއި ކްލަބް ޕްރައިވްގެ ނަމުގައި ހަދާ ރަށެއްވެސް ހިމެނެ އެވެ. މިއީ މި ކޮންސެޕްޓަށް ރާއްޖޭގައި ހަދާ ފުރަތަމަ ރިސޯޓެވެ. އަދި ވޯޓާތީމް ޕާކްވެގެންދާނީ މި ސަރަހައްދުގައި ހަދާ އެންމެ ބޮޑު އެއް ވޯޓާ ތީމް ޕާކް އަށެވެ.  

ވާރެއްދޫ ފަޅު - ޓޫރިޒަމް މިނިސްޓްރީން ވިލާ އަށް ދޫކުރި ވާރެއްދޫ ފަރު އަތުލީ ފަޅު ދޫކުރި ބޭނުމާ އެގޮތަށް މަސައްކަތް ނުކުރާ ކަމަށް ބުނެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ޑިސެމްބަރުގަ އެވެ. އެފަހަރު އަތުލި ތަންތަނުގެ ތެރޭގައި ކ. ބޮލިދިއްފަރާއި ރ. މާނެންފުއްޓާއި ގދ. ގަޒީރާ އާއި ކ. މާދިއްގަރުފަޅު ވެސް ހިމެނެ އެވެ. ނަމަވެސް ސަރުކާރުން އެއްބަސްވުން ބާތިލުކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ މަރުހަލާތަކަށް ފަހު ސުޕްރީމް ކޯޓުން މައްސަލަ ނިންމީ ވިލާ ކުންފުންޏާ އެއްކޮޅަށެވެ.

ކޮމެންޓް

1
450
އހ
2 weeks ago

ޤާސިމްބެ ކިތައް މިލިޔަނަށް ގަނެފަތޯ ނުވަތަ ހިލޭ ލިބުނު އެެއްޗެއްތޯ 350 މިލިއަނަށް އެ ވިއްކާލީ؟

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.