ގަމުގައި އިންޓަނޭޝަނަލް މެންޓަލް ހޮސްޕިޓަލެއް ގާއިމު ކުރާނެ: ރައީސް

ރާއްޖޭގައި އެންމެ މަތީ ފެންވަރުގައި ތަރައްގީ ކުރަން ނިންމާފައިވާ ހަތަރު ފަސް ހޮސްޕިޓަލްގެ ތެރެއިން މި ރަށުގައި ތަރައްގީ ކުރާނީ އެ ފެންވަރުގެ ހޮސްޕިޓަލެއް،"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ގަމުގައި ވާހަކަ ދައްކަވަނީ

ހައްދުންމަތީ ގަމުގައި އިންޓަނޭޝަނަލް މެންޓަލް ހޮސްޕިޓަލެއް ގާއިމު ކުރައްވާނެ ކަމަށް ވެވަޑައިގެންފައިވާ ވައުދު ފުއްދަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު ވެސް އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފި އެވެ.

ލާމު އަތޮޅާއި އައްޑޫ ސިޓީއަސް ފެއްޓެވި ދަތުރުފުޅު ގައި ލާމުގެ ފަހު މަންޒިލެއްގެ ގޮތުން ގަމަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ރަށުގައި އިންޓަނޭޝަނަލް މެންޓަލް ހޮސްޕިޓަލެއް ގަމުގައި ގާއިމުކޮށް ދެއްވާނެ ކަމަށް ރިޔާސީ އިންތިހާބު ގައި ވައުދުވެވަޑައިގެންފައިވާ ކަމަށެވެ. އެއީ ރާއްޖޭގައި އަޅާނެލެވި އޮތް މައްސަލައެއް ކަމުން އެކަމަށް ހާއްސަ ހޮސްޕިޓަލެއްގެ މުހިންމު ކަން ރައީސް ފާހަަގަ ކުރެއްވި އެވެ.

އަދި ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ އެ މަޝްރޫއު މެޑިކަލް ޓޫރިޒަމާއި ގުޅުވައިގެން ކުރިއަށް ގެންދިއުން ކަމަށެވެ. ރައީސް ވިދާޅުވީ ސިއްހީ ހިދުމަތުގައި ގަމަކީ ވަރުގަދަ ރަށަކަށް ހައްދަވާނެ ކަމަށެވެ.

"މިއީ ރާއްޖޭގައި އެންމެ މަތީ ފެންވަރުގައި ތަރައްގީ ކުރަން ނިންމާފައިވާ ހަތަރު ފަސް ހޮސްޕިޓަލްގެ ތެރެއިން މި ރަށުގައި ތަރައްގީ ކުރާނީ އެ ފެންވަރުގެ ހޮސްޕިޓަލެއް،" ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ގަމުގައި ވާހަކަ ދައްކަވަނީ

ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ލާމު އަތޮޅު ވަރަށް ހާއްސަ ކަމުގައި ވިދާޅުވި އެވެ. އަތޮޅުތެރެއާ މާލެއަށް ވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބޯހިޔާވަހިކަމުގެ މައްސަލަކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން އެންމެ ގިނަ ހައުސިން ޔުނިޓް އިމާރާތް ކުރެވޭ އެއް ރަށަކަށް ވަނީ ގަން ކަމަށެވެ. 

މިހާރު އޮތީ 100 ޔުނިޓްގެ ހައުސިން މަޝްރޫއެއް ނަމަވެސް އެއީ ނިސްބަތުން މާ މަދު އަދަދެއް ކަމުގައި ވިދާޅުވި އެވެ.

"..100 ހައުސިން ޔުނިޓަކީ ފެށިފައި އޮތް މަޝްރޫއުއެއް. އެއަށް ވުރެ މާގިނައިން އަޅުގަނޑުމެންގެ ތަސައްވުރުގައި މި އޮތީ،" އަތޮޅުތެރޭގައި ހިންގަން ނިންމާފައިވާ 40،000 ހައުސިން ޔުނިޓްގެ މަޝްރޫއުގެ ދަށުން ގިނަ އަދަދެއްގެ ޔުނިޓް ގަމުގައި އަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.

ގަމުގެ ތަރައްގީއަށް ރާވާފައިވާ ކަންކަމަކީ އަމަލީ ކަންކަމަށް ހައްދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރަައީސް ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ކޮންމެ ވައުދެއްވެސް ވެވަޑައިގެންނެވީ އިހްލާސްތެރި ކަމާ އެކު ކަމަށެވެ. އެ ހުރިހާ ކަމެއް ވެސް ހަގީގަތަކަށް ހައްދަވައި ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ލާމު އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް މިހާރު ވަނީ އައްޑޫއަށް ފުރާވަޑައިގެންފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.