ޔަތީމު ކުދީންނަށް ދާއިމީ ގޮތެއްގައި މާލީ އެހީ ދެވޭނެ ނިޒާމެއް ގާއިމު ކުރަނީ

"މި ނިޒާމުގެ ދަށުން އެކުދިން ބޮޑުވަން ދެން ކޮންމެ އަހަރަކު އެހީތެރިކަން ލިބިގެންދާނެ،" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ޔަތީމު ކުދީންނަށް ދާއިމީ ގޮތެއްގައި މާލީ އެހީ ދެވޭނެ ނިޒާމެއް ގާއިމު ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އެކްސް ގައ ކުރެއްވި ޕޯސްޓެއް ގައެވެ.

ވިދާޅުވީ ޔަތީމު ކުދިންނަށް ޒަކާތު ހައުސް އިން ދާއިމީ ގޮތެއްގައި ކޮންމެ އަހަރަކު މާލީ އެހީތެރިކަމެއް ދެވޭނެ ގޮތަކަށް ނިޒާމެއް ގާއިމު ކުރައްވާނެ ކަމަށެވެ.

"މި ނިޒާމުގެ ދަށުން އެކުދިން ބޮޑުވަން ދެން ކޮންމެ އަހަރަކު އެހީތެރިކަން ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން ދަނީ ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށެވެ. އެ ގޮތުން "ޒަކާތު ހައުސް" ގެ ނަމުގައި އިދާރާއެއް ވަނީ ގާއިމު ކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީގެ 116 ވަނަ މާއްދާއިން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު "ދިވެހިރާއްޖޭގެ ޒަކާތު ހައުސް" އުފެއްދެވީ ޑިސެމްބަރު 18، 2023ގަ އެވެ. އަދި މި އަހަރު ޖެނުއަރީ ދެ ވަނަ ދުވަހު އެމަނިކުފާނު ވަނީ އެ އިދާރާ އިފްތިތާހު ކޮށްދެއްވައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.