މާރާމާރީ ގައި 21 އަހަރުގެ ފިރިހެނަކަށް އަނިޔާވެ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ބުނީ ހުޅުމީދޫގައި ދެ މީހެއްގެ މެދުގައި މާރާމާރީ ހިންގާފައިވާ ކަމަށެވެ. އެކަން ފުލުހަށް ރިޕޯޓް ކޮށްފައި ވަނީ މިރޭ 8:20 ގައި ކަމަށް ވެސް ބުންޏެވެ.
މާރާމާރީ ގައި 21 އަހަރުގެ ފިރިހެނަކަށް އަނިޔާވެ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.
މި މައްސަލައާ ގުޅިގެން 23 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ. ފުލުހުން ބުނީ މާރާމާރީގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.