އިކޯ ޓޫރިޒަމް ހިމެނޭ ގޮތަށް ގާދޫގައި މެރިޓައިމް ހަބެއް، ޗައިނާގެ ކުންފުންޏަކާއެކު ސޮޔެއް

މި މަޝްރޫއު ފަރުމާކޮށްފައިވަނީ ގާދޫއަށް ގެއްލުން ނުވާނެ ގޮތަކަށެވެ. މި ގޮތުން ކޮޓަރި ހަދާނީ މޫދުގަ އެވެ. އަދި މިރަށުގައި ޓްރާންޝިޕްމަންޓް ބަނދަރެއްވެސް ހަދާނެ އެވެ.

ޗައިނާ ކުންފުންޏާއި އެމްޕީއެލް އިން ސޮއި ކުރަނީ -- ފޮޓޯ : އަހުމަދު ރަޝީދު
ޗައިނާ ކުންފުންޏާއި އެމްޕީއެލް އިން ސޮއި ކުރަނީ

އިކޯ ޓޫރިޒަމާއި މިނޫން ވެސް ގިނަ ބައިތައް ހިމެނޭ ގޮތަށް ގާދޫގައި ލ. ގާދޫގައި މެރިޓައިމް ހަބެއް ގާއިމް ކުރަން ޗައިނާގެ ސީއޭއެމްސީ އިންޖިއަރިން ކުންފުންޏަކާއެކު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ސޮއިކޮށްފި އެވެ. 

ލ. އަތޮޅަށް މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމްޕީއެލްއާއި ޗައިނާ ސީއޭއެމްސީ އިންޖިއަރިން ކުންފުންޏާއެކު މިރޭ ވަނީ ސޮއިކޮށްފަ އެވެ. ގާދޫ މެރިޓައިމް ހަބްގެ މަޝްރޫއުގައި ސޮއިކުރެއްވީ މާލެ ވިޔަފާރި ބަނދަރު ބަލަހައްޓާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހިމް އެވެ. 

މި މަޝްރޫއު އެމްޕީއެލް އިން ހިންގަނީ މެރިޓައިމްގެ ގިނަ ހިދުމަތްތަކެއް ހިމެނޭ "އިންޓަގްރޭޓާޑް ކޮންސެޕްޓް" އަކަށެވެ.

މި މަޝްރޫއުގެ ދަށުން މި ރަށުގައި ބަންކަރިންގެ ހިދުމަތް ފަށާނެ އެވެ. މި ހިދުމަތް ދޭނީ އެ ސަރަހައްދުން ދަތުރު ކުރާ ކާގޯ ވެސަލްތަކާއި ކްރޫޒް / ޔޮޓްތަކަށް "އޮފް ޝޯ" ބަންކަރިން ހިދުމަތް ދެވޭ ގޮތަށެވެ. މި ރަށުގައި ކްރޫޒް ޓާމިނަލް- ރާއްޖޭގައި އަދި މިހާތަނަށް ކްރޫޒް ލައިނާތަކަށް ހާއްސަ ސަރަހައްދެއް ނެތެވެ. ގާދޫގައި ކްރޫޒް ޓާމިނަލްއެއް ހެދުމުން، އެ ސަރަހައްދަށް ކްރޫޒް ލައިނާތަކަށް ދަތުރުކޮށް، މެރިޓައިމް ހަބްގައި ދެން ހުރި ހިދުމަތްތަކަށް ޑިމާންޑް އުފެއްދޭނެ އެވެ.

މި މަޝްރޫއުގެ ބައެއްގެ ގޮތުގައި ވަރުގަދަ ކޯލްޑް ސްޓޯރޭޖެއްވެސް ހަދާނެ އެވެ. މީގެ ބޭނުމަކީ ލާމު އަތޮޅަކީ ދަނޑުވެރިކަން ކުރާ އަތޮޅަކަށްވާއިރު، ކޯލްޑް ސްޓޯރޭޖްތައް ބޭނުންކޮށްގެން ދަނޑުވެރިން ހައްދާ ތަކެތި ރައްކާކުރެވޭނެ ގޮތެއް ހޯދުމެވެ. މީގެ އިތުރުން، ސަޕްލައިގެ ހިދުމަތް ވެސް ފަށާނެ އެވެ. އަދި ޓްރާންޝިޕްމަންޓް ހިދުމަތް ތައާރަފްކުރުމުން ޓްރާންޝިޕްމަންޓް ހަބެއްގެ ގޮތުގައި ގާދޫ ކުރިއެރުވުމަކީ ވެސް މި މަޝްރޫއުގެ ބައެކެވެ.

މި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ރާއްޖެ އާއި މި ސަރަހައްދަށް އިގްތިސޯދީ ގޮތުން ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. މި މަސައްކަތް އެމްޕީއެލްގެ މުވައްޒަފުން ރަސްމީކޮށް ފަށާފައިވަ ކަމަށެވެ. 

"އަޅުގަނޑަށް ގަބޫލު ކުރެވެނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިސްނުންފުޅު ހުރީ މިއިން ޒަމާނަކު ނުވިސްނާ ވަރަށް އިގްތިސޯދީ ގޮތުން ނުވިސްނާ ވަރަށް ވިސްނާފައިވާކަން،"  ވަޖީހު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ގާދޫ އޮފްޝޯ ބަންކަރިންގެ ސަބަބުން ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށެވެ. މީގެ އިތުރުން މިތަނުގައި ކްރޫޒްލައިން ޓާމިނަލެއް ހަދާނެ ކަމަށެވެ. 

"މި ކްރޫޒްލައިން ޓާމިނަލްގެ ސަބަބުން އިގްތިސޯދީ ބޮޑު ބަދަލެއް އަންނާނެ. އެކަމަކު މި ފެންވަރުގެ ބޭފުޅުންނަށް ހިދުމަތް ދެވޭނެ ގޮތެއް ނެތް،" މަޖީހު ވިދާޅުވި އެވެ. 

މަޝްރޫއުގައި ހިމެނޭ މުހިންމު ބައިތައް

  •  އޮފްޝޯ ބަންކަރިންގެ ހިދުމަތް
  •  ކްރޫޒް ޓާމިނަލްގެ މަސައްކަތް
  •  ކޯލްޑް ސްޓޯރޭޖު ހިދުމަތް
  •  އިކޯ ޓޫރިޒަމްގެ ރިސޯޓް
  •  ސުޕަ ޔޮޓް މެރީނާއެއް
  •  ޓްރާންޝިޕްމަންޓް ޕޯޓް

މި މަޝްރޫއުގެ ބައެއްގެ ގޮތުގައި އިންޓަަގްރޭޓަޑް އީކޯ ޓޫރިޒަމް މަޝްރޫއެއް ވެސް ހިމެނެ އެވެ. އެގޮތުން ގާދޫގައި ޓޫރިސްޓް ހޮޓަލާއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޓަގްރޭޓަޑް އީކޯ ޓޫރިޒަމް ކޮންސެޕްޓް ތައާރަފްކުރާނެ އެވެ. މީގެ ސަބަބުން ލާމު އަތޮޅުގެ އިގްތިސާދު އެހެން ހަރުފަތަކަަށް ޓޫރިޒަމްގެ ތެރެއިން ލާފައި އަރައިގެންދާނެ ކަމެކެވެ.

އެމްޑީ ވިދާޅުވީ ގާދޫއަކީ ވެލާ އަރާ ރަށަކަށްވުމާއެކު މި މަޝްރޫއު ފަރުމާކޮށްފައިވަނީ އެތަން ހިމާޔަތް ކުރެވޭ ގޮތަށް ކަމަށެވެ. 

"މި ތަނުގައި ވެލާ އާލާ ކުރާނެ. ޓޫރިސްޓުންނަށް ދައްކާނެ. މިތަނުގައި ކޮޓަރި އަޅާނީ މޫދުގައި،" ވަޖީހު ވިދާޅުވި އެވެ. 

ގާދޫ މެރިޓައިމް ހަބް- ވަން އެންޑް ހާފު ޑިގްރީ މަގު

ގާދޫ މެރިޓައިމް ހަބް ހަދަނީ ވަން އެންޑް ހާފު ޑިގްރީ ޗެނަލުގަ އެވެ. މި މަގު އޮންނަނީ ހުވަދުއަތޮޅާއި ލާމު އަތޮޅާ ދެމެދުގަ އެވެ/ މިއީ ދުނިޔޭގެ މަޝްހޫރު މެރިޓައިމް މަގެކެވެ. މި ސަރަހައްދުން އެތައް ސަތޭކަ އާގު ބޯޓެއް ދަތުރު ކުރެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.