ޑޮލަރުގެ އަގު ވެއްޓޭނެ ފިޔަވަޅެއް، އިންޑިއާއާއި ޗައިނާގެ އިމްޕޯޓަށް ފައިސާ ދެއްކުން ރުފިޔާއަށް

މިނިސްޓަރު ސައީދު ވިދާޅުވީ ޗައިނާއިން އިމްޕޯޓް ކުރާ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަޝްވަރާއަށް އެ ގައުމުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.

މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު މަޖިލީހުގައި -- މަޖިލީސް

ރާއްޖެއަށް ޗައިނާ އާއި އިންޑިއާއިން އެތެރެ ކުރާ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށައިފި އެވެ. 

ލާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުފުޅުގައި ލ. މާވަށުގައި ވާހަކަ ދައްކަވަމުން ކުރިން މި ރަށުގެ މަޖިލިސް މެންބަރުކަން ކުރެއްވި މިހާރުގެ އިގްތިސޯދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ އިންޑިއާ އާއި ޗައިނާ އިން އެތެރެކުރާ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭ ގޮތް ހަދަން މަޝްވަރާ ފަށަން ނިންމާފައިވާ ކަމަށެވެ. 

މިނިސްޓަރު ސައީދު ވިދާޅުވީ ޗައިނާގެ ރާއްޖެއަށް އެތެރެކުރާ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމުގެ މަޝްވަރާތަކަށް ޗައިނާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ރާއްޖެ ވަޑައިގަންނަވަން ދައުވަތު ދެއްވާފައިވާނެ ކަމަށެވެ. މަޝްވަރާތަކުގައި މަސައްކަތް ކުރައްވަނީ ކަރަންސީ ސޮވޮޕް އަކަށް ދިއުމަށެވެ. މީގެ އިތުރުން އިންޑިއާ އިން ގެންނަ މުދަލަށް ވެސް ދިވެހި ރުފިޔާ އިން ފައިސާ ދެއްކޭނެ ގޮތަށް ހޯދުމަށް އަމާޒެއް ކަމަށެވެ. 

އަންނާނީ ކޮން ބަދަލެއް ؟ - މިނިސްޓަރު ސައީދު ވިދާޅުވި މި ބަދަލުގެ ސަބަބުން ދިވެހި ރުފިޔާ ޑޮލަރުގެ ކުރިމަތީގައި 30-40 ޕަސެންޓް ވެއްޓޭނެ އެވެ. މީގެ ނަތީޖާއަކީ ޑޮލަރުގެ އަގު 15.42 އަކަށްވުރެ ވެސް ރޭޓަށް ތިރިވުމެވެ. 

މި ޖަލްސާގައި މިނިސްޓަރު ވަނީ ޗައިނާގެ އޮންލައިން އެންމެ ބޮޑު ދެ ޕްލެޓްފޯމް ކަމަށްވާ  "އަލިޕޭ" އަދި "ވީޗެޓް" ގެ ހިދުމަތް ރާއްޖެ އަށް ދޭން އެ ތަންތަނުގެ ބޭފުޅުން ރާއްޖެއަށް ޒިޔާރަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. 

"މިއީ މި ސަރުކާރުގެ ސްޕީޑް. ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ހައްދުންމަތީގެ ހުރިހާ ގޮނޑި ތަކެއް ދެއްވާ،" ސައީދު ވިދާޅުވި އެވެ.

ޗައިނާ އާއި އިންޑިއާއަކީ ރާއްޖެއަށް އެންމެގިނައިން މުދާ އެތެރެކުރާ ދެ ގައުމެވެ. މިދެ ގައުމުންވެސް އަހަރެއްގެ މައްޗަށް 700 މިލިއަން ޑޮލަރުގެ މުދާ ރާއްޖެއަށް އެތެރެ ކުރެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.