"އެއްވެ އުޅުމާ ހިޔާޅުފާޅުކުރުމަށް އެންމެ ދަތިކުރީ އެމްޑީޕީ ސަރުކާރުގައި"

"މިދިޔަ ފަސް އަހަރަކީ ހަގީގަތުގަ އެއްވެ އުޅުމާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އެންމެ ބޮޑަށް ދަތިކުރި، އެންމެ ބޮޑަށް ހުރަސް އެޅި ފަސް އަހަރު،" ހީނާ ވިދާޅުވި އެވެ.

ޕީއެންސީގެ ތަރުޖަމާނު ހީނާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --

ހިޔާލުފާޅުމުގެ މިނިވަންކަން ނިގުޅައިގަނެ، އެއްވެ އުޅުމާ ސިޔާސީ ހަރަކާތްތަކަށް އެންމެ ބޮޑަށް ހުރަސް އަޅާފައި ވަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ކަމަށާއި މިއަދު އިދިކޮޅުގައި އޮވެ ސަރުކާރަށް އަމާޒުކޮށް އެފަދަ ވާހަކަތައް ދެއްކުމަކީ އެމީހުން ލަދުވެތިވާން ޖެހޭނެ ކަމެއް ކަމަށް ޕީޕީއެމް / ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ހީނާ އެހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފައްދަން މަސައްކަތް ކުރައްވާ ޕީޕަލްސް ނޭޝަނަލް ޕްރޮންޓް (ޕީއެންއެފް) އުފައްދާ ޖަލްސާއަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ފުލުހުން ހުރަސް އެޅުމުން އެމްޑީޕީން ވަރަށް ބޮޑަށް އެކަމަށް ފާޑުކިޔާފައި ވާތީ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހީނާ ވިދާޅުވީ ނިމިދިޔަ ފަސް އަހަރު އޭރު އިދިކޮޅުގައި ތިބެ ކުރި މުޒާހަރާތަކުގައި ފުލުހުންގެ ފަރާތުން އެތައް އަނިޔާއަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އިދިކޮޅު ހަރަކާތްތަކަށް ހުރަސް އަޅައި އެއްވެސް އިންޒާރެއް ނެތި ހައްޔަރުކޮށް ދިން އަނިޔާތަކަށް މިއަދާ ހަމައަށް ވެސް އިންސާފު ލިބިފައި ނުވާ ކަމަށެވެ.

"މިދިޔަ ފަސް އަހަރަކީ ހަގީގަތުގަ އެއްވެ އުޅުމާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އެންމެ ބޮޑަށް ދަތިކުރި، އެންމެ ބޮޑަށް ހުރަސް އެޅި ފަސް އަހަރު،" ހީނާ ވިދާޅުވި އެވެ.

ހީނާ ވިދާޅުވީ އެ ހުރިހާ މައްސަލަތަކެއް ބަލައިދިނުމަށް ފުލުހުންނަށާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް ވެސް ހުށަހެޅި ކަމަށާއި ނަމަވެސް "މަތިން" އޯޑަރު އައިސްފައި ވާތީ އެ މައްސަލަތައް ތަހުގީގު ކޮށްފައި ނުވާ ކަމަށެވެ.

"އިންޓެގްރިޓީ ކޮމިޝަނުން އަޅުގަނޑުމެންނަށް ދިން ޖަވާބަކީ މިފަދަ ފުލުހުންނާ ގުޅިގެން ހުށަހެޅިފަ ހުރި މައްސަލަތަކާ ގުޅިގެން، އެކަންކަން ތަހުގީގު ކުރުމަށް ވެސް އެންމެ ކުޑަމިނުން ފުލުހުންގެ މުއައްސަސާގެ ފަރާތުން އެއްބާރުލުމެއް ނުލިބުނުކަން،" ހީނާ ވިދާޅުވި އެވެ.

ހީނާ އިތުރަށް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެން މަހެއް ނުވަނިސް ރައީސް ޔާމީން ފުލުހަށް ހާޒިރުކުރަން ފެއްޓެވި ކަމަށެވެ. ދެ ހަފްތާއިން އެއް ހަފްތާ ފުލުހަށް ހާޒިރުކޮށް ހެއްކަށް ނުފޫޒު ފޯރުވައިފާނެ ކަމަށް ބުނެ ބަންދުކޮށްގެން ވެސް ގެންގުޅުނު ކަމަށެވެ. ފަހުން ހައިކޯޓުން އެމަނިކުފާނު ދޫކޮށްލެއްވިކަން ވެސް ފާހަގަކުރެއްވި އެވެ.

"އެހެންވީމަ ސިޔާސީ ފަރާތްތަކަށް ވެސް އެންމެ ބޮޑަށް ދަތިކުރުމުގެ ފިޔަވަޅުތައް އަދި ސިޔާސީ ފަރާތްތަކަށް ފުލުހަށް ހާޒިރުކޮށް އެފަރާތްތަކުގެ މައްޗަށް ދައުވާކޮށް ސިޔާސީ ވެރިން ހައްޔަރު ކުރުން، މިކަންކަމުގެ ތާރީހެއް ވެސް އޮތީ އެމްޑީޕީ ވެރިކަމުގަ،" ހީނާ ވިދާޅުވި އެވެ.

ހީނާ ވިދާޅުވީ މި ދަރަޖައަށް އެ ސަރުކާރުގައި ކަންކަން ހިނގާފައިވާއިރު މިއަދު ސަރުކާރަށް އަމާޒުކޮށް އެބޭފުޅުންނަށް ދެއްކޭނެ އެއްވެސް ވާހަކައެއް ނެތް ކަމަށެވެ. މަޖިލީސް އިންތިހާބު ބޯމަތިވެފައިވާއިރު އެމްޑީޕީން ގެންދަނީ ދޮގު ވާހަކަތައް ފަތުރައިގެން އެންޓި ކެމްޕޭނު ކުރަމުން ކަމަށް ވެސް ވިދާޅުވި އެވެ. އެ މައްސަލަ އިލެކްޝަން ކޮމިޝަނަށް ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.