އިހުސާސް ކުރެވޭ ހޫނުމިން 48 ޑިގްރީން މަތީގައި

"އިހުސާސް ކުރެވޭ ފިނިހޫނުމިން ބިނާވަނީ އެސަރަހައްދެއްގެ އަސްލު ފިނިހޫނުމިނާއި ވައިގެ ތެތްކަމުގެ އެވަރެޖް ނިސްބަތަށް،" މެޓުން ބުންޏެވެ.

ހަވީރުގެ ވަގުތެއްގައި މާލެ މަގުމަތި: މިއީ ހޫނުގަދަ ދުވަސްވަރެއް -- މިރާ

އާންމު ގޮތެއްގައި އަހަރުތެރޭގައި ރާއްޖެ ސަރަހައްދުގައި ހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރު ފެށިފައިވާއިރު، މިއަދު އިހުސާސް ކުރެވޭ ހޫނުމިން 48 ޑިގްރީން މަތީގައި ހުރި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

ރާއްޖެ ސަރަހައްދަށް އެންމެ ހޫނު ގަދަ ވަނީ މާޗް އަދި އޭޕްރީލް މަހު އެވެ. މިދުވަސްވަރު ހޫނު ވަނީ ވިލާ މަދުވުމާއި ވައި މަޑުވުން އަދި ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ވައިގެ ހޫނުމިނަށްވުރެ އިހްސާސް ކުރެވޭ ހޫނުމިން މަތިވުމުންނެވެ.

މެޓް އޮފީހުން މިއަދު އާންމު ކުރި ގޮތުގައި މިއަދުގެ 11:00 ގައި މާލެ ސަރަހައްދުގައި އިހުސާސް ކުރެވޭ ހޫނުމިން ހުރީ 48.5 ޑިގްރީގަ އެވެ. ހަނިމާދޫގައި ހޫނުމިން ހުރީ 434 ޑިގްރީގަ އެވެ. ކާޑެއްދޫގެ ހޫނުމިން 43.7 ޑިގްރީގައި ހުރިއިރު ކައްދޫގައި ހޫނުމިން ހުރީ 42.1 ޑިގްރީގަ އެވެ. އައްޑޫ ސަރަހައްދުގައި ހޫނުމިން ހުރީ 41.9 ޑިގްރީގަ އެވެ.

ނަމަވެސް، މި ދުވަސްވަރު ރާއްޖޭގެ އަސްލު ހޫނުމިން ހުރީ 32 ޑިގްރީ ސެލްސިއަސް އާއި 33 ޑިގްރީ ސެލްސިއަސްއާ ދެމެދުގަ އެވެ.

"އިހުސާސް ކުރެވޭ ފިނިހޫނުމިން ބިނާވަނީ އެސަރަހައްދެއްގެ އަސްލު ފިނިހޫނުމިނާއި ވައިގެ ތެތްކަމުގެ އެވަރެޖް ނިސްބަތަށް،" މެޓުން ބުންޏެވެ.

އިހުސާސް ކުރެވޭ ހޫނުމިން މައްޗަށް ގޮސްފައިވާއިރު، ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރާނެ ކަމަށް މެޓް އޮފީހުން މިއަދު ވަނީ ލަފާކޮށްފަ އެވެ. އެހެން ހިސާބުތަކަށް މޫސުން ރަގަޅުވެފައި މޫސުން ރަގަޅު ވާނެ ކަމަށް ވެސް މެޓުން ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.