ބީއެމްއެލް އިން އިއްޔެ ހަ ރަށެއްގައި އީދު ސައި ބާއްވައިފި

ރަށްރަށުގެ ކައުންސިލްތަކާއި ބައެއް ޖަމިއްޔާތަކާ ގުޅިގެން މިއަހަރުގެ އީދު ސައި އިއްޔެ ބާއްވާފައި ވަނީ ހއ. އުތީމު، ރ. ކިނޮޅަސް، އދ. ދަނގެތި، ތ. ވޭމަންޑޫ، ލ. ގަން އަދި ފުވައްމުލަކު ސިޓީގަ އެވެ.

ބީއެމްއެލް އިން އިއްޔެ ބޭއްވި އީދު ސަޔެއް -- ފޮޓޯ: ބީއެމްއެލް

ފިޠުރު އީދު ފާހަގަކުރުމާއި މުޖުތަމައުގެ އެކުވެރިކަން ބަދަހިކުރުމުގެ މަގުސަދުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަ ރަށެއްގައި އީދު ސައި ބާއްވައިފިއެވެ. 

ރަށްރަށުގެ ކައުންސިލްތަކާއި ބައެއް ޖަމިއްޔާތަކާ ގުޅިގެން މިއަހަރުގެ އީދު ސައި އިއްޔެ ބާއްވާފައި ވަނީ ހއ. އުތީމު، ރ. ކިނޮޅަސް، އދ. ދަނގެތި، ތ. ވޭމަންޑޫ، ލ. ގަން އަދި ފުވައްމުލަކު ސިޓީގަ އެވެ.

ބީއެމްއެލްގެ ހެޑް އޮފް ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި، އީދު ސަޔަކީ ކޮންމެ އަހަރަކުވެސް ވަރަށް ކާމިޔާބު އަދި ރަށްރަށުން ވަރަށް ބޮޑަށް ބަލައިގަންނަ އިވެންޓެއް ކަމަށެވެ. އެކަކުއަނެކާއި ބައްދަލުވެ، ހިނިތުންވެލާ، ވާހަކަ ދައްކާލާ އަދި ކެއުމުގެ މަޖަލުގައި މީހުން އެކުވެރިކުރުވާކަމެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ. 

ބީއެމްއެލް އިން އިއްޔެ ބޭއްވި އީދު ސަޔެއް -- ފޮޓޯ: ބީއެމްއެލް

"މިއީ ބޭންކަށް އަބަދުވެސް ވަރަށް ހާއްސަ އިވެންޓެއް. މި އިވެންޓް ބޭއްވުމަށް އެހީތެރި ވެދެއްވި އަޅުގަނޑުމެންގެ ޓީމާއި، ކައުންސިލްތަކާއި ޖަމިއްޔާތަކަށް ޝުކުރު އަދާކުރަން،" ސައީދު ވިދާޅުވި އެވެ.

ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އިޖުތިމާއީ ގުޅުމުގެ ބަދަހިކަމާއި އެއްބައިވަންތަކަން އީދު ސައި ފަދަ ހަރަކާތްތަކުން ދައްކުވައިދެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.