އެސްޓީއޯގެ ހިނިތުންވެލާ | ފޮޓޯ ބޫތުން ފޮޓޯ ނެގުން އިނާމެއް

ފޮޓޯ ނެގުމަށްފަހު އޭޝްޓެކް "ހިނިތުންވެލާށޭ " އަދި "އެސްޓީއޯ ޕީޕަސް ޗޮއިސް" ޖަހާފަ ޝެއާކޮށްލުމުން މި އިނާމު ލިބުމަށް މަގު ފަހި ވެގެންދާނެ އެވެ.

އީދުގެ އުފާ ރައްޔިތުންނާ ހަމައަށް ގެނެސްދޭން ކުރަމުންދާ ތަފާތު ކަންތައްތަކުގެ ތެރޭން މިއީ މުޅިން ތަފާތު ކަމެވެ. ސަރުކާރުގެ ބޮޑު ކުންފުނި އެސްޓީއޯއިން މިވަނީ އެސްޓީއޯ ސުޕަމާކެޓުގެ ގޭޓުގައި ފޮޓޯ ބޫތެއް ބަހައްޓައި ފޮޓޯ ނެގުމުން އިނާމެއް ލިބެން މަގު ފަހި ކޮށްދީފަ އެވެ. 

އެސްޓީއޯ ސުޕަމާކެޓުގެ ބޭރުގައި ހިނިތުންވެލާ ގެ ނަމުގައި ބެކްޑްރޮމް އެއް ހަދައި ބަހައްޓާފައިވާ ފޮޓޯ ބޫތުގައި ފޮޓޯ ނަގާފަ ޖެހެނީ ސޯޝަލް މީޑިއާގަ ހިއްސާ ކޮށްލާށެވެ. 

އޭޝްޓެކް "ހިނިތުންވެލާށޭ " އަދި ނޭޝްޓެކް "އެސްޓީއޯ ޕީޕަސް ޗޮއިސް" ޖަހާފަ ޝެއާކޮށްލުމުން މި އިނާމު ލިބުމަށް މަގު ފަހި ވެގެންދާނެ އެވެ. މި ފޮޓޯބޫތު މިއަދުގެ 6:00 ގެ ނިޔަލަށް އޮންނާނެ އެވެ. މި ފޮޓޯ ބޫތުން ފޮޓޯ ނެގުން ގުރުއަތަށްދާ ފަރާތްތައް ހޮވުން އޮންނާނީ މާދަމަ އެވެ. 

އެ ކުންފުނިން މި ހާއްސަ އީދަށްދޭ އިނާމުގެ ނަން ނުބުނިނަމަވެސް އެ ކުންފުންޏަކީ ގެއަށް ބޭނުންވާ މުހިންމު ސާމާނު ވިއްކާ ކުންފުންޏަކަށްވުމުން ކޮންމެ އިނާމެއްވެސް ބޭނުން ހިފޭނެކަމުގެ ޔަގީންކަން އޮވެ އެވެ. އެސްޓީއޯއަކީ ގޭތެރެ ފަސޭހަކޮށްދިނުމާއި ބަދިގެއަށް ބޭނުންވާ ސާމާނުގެ މަޝްހޫރު ރޭންޖްތައް ވިއްކާ ކުންފުންޏެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.