މާލޭގައި ވަރަށް ކުލަ ގަދަކޮށް އީދު ފާހަގަކޮށްފި

މިއީ މިހާ ކުލަ ގަދަކޮށް ފަހުގެ ތާރީހެއްގައި މާލޭގައި އީދު ފާހަގަކުރި ފުރަތަމަ ފަހަރެވެ.

އިއްޔެ އީދު ފާހަގަކުރުން -- ފޮޓޯ: ސިޓީ ކައުންސިލް

މާލޭގައި ސަގާފީ ކުޅިވަރުތަކާއެކު ވަރަށް ކުލަގަދަކޮށް އިއްޔެ އީދު ފާހަގަކޮށްފި އެވެ.

މާފަންނު ސްޓޭޑިއަމްގައި ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދުގައި އެތައް ސަތޭކަ ބަޔަކު ވަނީ ބައިވެރިވެފަ އެވެ. ރަށްރަށުގައި އޮންނަ ފަދަ އީދު ސަޔެއް ވެސް ބާއްވާފައިވެ އެވެ.

އަދި، އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ފިތުރު އީދު ދުވަހު ގިނަ ކުޅިވަރުތަކެއް ވަނީ ބާއްވާފަ އެވެ. މާލެ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން މާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ ކުޅިވަރުތައް ބާއްވާފަ އެވެ. ހެނދުނު ރަސްފަންނުގައި ފެނުގެ ކުޅިވަރު ކުޅުން އޮތެވެ. އިނާމުތައް ލިބޭނެހެން ކުޅިވަރުތައް ބޭއްވިއިރު ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ބައިވެރިވެފަ އެވެ.

މާފަންނު ސްޓޭޑިއަމްގައި ކުރެވުނު 1445 ވަނަ އަހަރުގެ ފިތުރު އީދު ނަމާދު -- ފޮޓޯ: ޔާމިން މުޙައްމަދު / މިރާ

ހަވީރު މާލި ޕްރޭޑެއް ބާއްވާފައިވެ އެވެ. މާލި ހެދިގެން އަމިއްލަ ފަރާތްތަކުން ވަނީ ބައިވެރިވެފަ އެވެ. އަދި އެކި ސަރަހައްދުތަކުގައި ސަގާފީ ކުޅިވަރުތައް ވެސް ހަވީރު އޮތެވެ. އޭގެ ތެރޭގައި އަންހެނުންގެ ދަނޑި ޖެހުމާ ދަފި ނެގުންފަދަ ކުޅިވަރުތައް އޮތެވެ.

ރޭ ވަނީ އާޓިފިޝަލް ބީޗު ސަރަހައްދުގައި މިއުޒިކް ޝޯއެއް ވެސް ބާއްވާފަ އެވެ. އެ ސަރަހައްދަށް ޝޯ ބަލަން ގިނަ ބަޔަކު ޖަމާވެފައިވާއިރު ހަވާ ވެސް އަރުވާފައިވެ އެވެ. ވަރަށް ގިނަ މީހުން ޖަމާވުމުން އެ ސަރަހައްދު އެއްކޮށް ބޮލޮކްވެ، ޓްރެފިކް ޖޭމް ވެސް ވިއެވެ.

ރަސްފަންނު ސަރަހައްދުގައި ފެން ކުޅިވަރު ކުޅެނީ -- ފޮޓޯ: ސިޓީ ކައުންސިލް

އަނެއްކޮޅުން މާލެ އޮތީ އީދު އަލިން ޒީނަތްތެރިކޮށްފަ އެވެ. ޖުމްހޫރީ މައިދާނުގައި ހުރި ޖުމްހޫރީ ފައްވާރު މަރާމާތުކޮށް ހުޅުވުމާއެކު އިއްޔެ ވެސް ވަނީ ގިނަ އަދަދެއްގެ ކުޑަކުދިން އެތަނަށް ގޮސް އުފާ ހޯދި އެވެ.

މިއީ މިހާ ކުލަ ގަދަކޮށް ފަހުގެ ތާރީހެއްގައި މާލޭގައި އީދު ފާހަގަކުރި ފުރަތަމަ ފަހަރެވެ. އާންމުކޮށް މާލޭގައި ސަގާފީ ކުޅިވަރުތައް މިހާ ކުލަގަދަކޮށް ކުޅެއެއް ނޫޅެ އެވެ. މާލޭގެ ދިރިއުޅޭ ގިނަ ބަޔަކު ވެސް އީދާ ދިމާކޮށް ދަނީ އެކި ރަށްރަށަށެވެ. ރަށްރަށުން އާންމުކޮށް ފެންނަ މަންޒަރުތައް މާލެ އިން ފެނުމުން ގިނަ ބަޔަކަށް އީދުގެ ހަގީގީ އުފާ ލިބުނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.