ރައީސް ލ. އަދި އައްޑޫ އަތޮޅަށް ފުރާ ވަޑައިގެންފި

ލ. އަތޮޅަށް ފަހު ރައީސް މާދަމާ އައްޑޫ އަތޮޅަށް ވަޑައިގަންނަވާނެ އެވެ. އައްޑޫ އަތޮޅަށް އެމަނިކުފާނު ވަޑައިގަންނަވާނީ ނުރަސްމީ ދަތުރުފުޅެއްގައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް މިއަދު ވީއައިއޭގައި: ލ. އަދި އައްޑޫ އަތޮޅަށް މިއަދު ވަނީ ފުރާވަޑައިގެންފައި --

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރަސްމީ ދަތުރުފުޅެއްގައި ލ. އަތޮޅަށް ވަޑައިގެންފި އެވެ.

ރައީސްގެ މި ދަތުރުފުޅުގައި ލ. އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކާއި އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރައްވާނެ އެވެ. އަދި އެރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

ލ. އަތޮޅަށް ފަހު ރައީސް މާދަމާ އައްޑޫ އަތޮޅަށް ވަޑައިގަންނަވާނެ އެވެ. އައްޑޫ އަތޮޅަށް އެމަނިކުފާނު ވަޑައިގަންނަވާނީ ނުރަސްމީ ދަތުރުފުޅެއްގައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

އައްޑޫ އަތޮޅަށް އެމަނިކުފާނު ވަޑައިގަންނަވަނީ މިމަހުގެ 21 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީސް އިންތިހާބުގެ ކެމްޕޭނަށް ކަމަށް މައުލޫމާތު ލިބެ އެވެ.

ރައީސް ވަނީ ރޯދަ މަހުގެ ކުރީން ވެސް އެކި ރަށްރަށަށް ދަތުރު ކުރައްވާ ކައުންސިލްތަކާއި ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ. ރައީސްގެ އަމާޒަކީ މި ދައުރުތެރޭގައި ދެ ފަހަރު ހުރިހާ ރަށަކަށް ވަޑައިގަތުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.