ފައިސާ ނެތްނަމަ ސިޔާސީ މަގާމުތައް ގިނަވެގެން ނުދާނެ: ސޯލިހު

ކީއްވެގެންތޯ ފަށާފަ ހުރި ތަރައްގީގެ މަޝްރޫއުތައް ނުހިންގިގެން މިއުޅެނީ؟ ފައިސާ ހުރީމަތާ އިތުރު ވަޒީފާތައް އުފައްދައިގެން މުސާރަ މިދެވެނީ. ފައިސާ ހުރީމަތާ ސަރުކާރު ހިންގުމުގައި ރިކަރަންޓު ހަރަރު ބޮޑުވެގެން އެދަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ސަރުކާރުން މިހާތަނަށް ސިޔާސީ މަގާމުތަކަށް 1500 އަށްވުރެ ގިނަ މީހުން ނަގާފައިވާ ކަމަށް ވަނީ ވިދާޅުވެފައި --

ކުރީ ސަރުކާރު ނިމުމުއިރު ކުންފުނިތައް ބަނގުރޫޓުވެފައި ހުރިނަމަ އެ ކުންފުނިތަކުން އެތައް ބަޔަކަށް ސިޔާސީ ވަޒީފާ ނުދެވޭނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ފުވައްމުލަކު ދާއިރާތަކަށް ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕޭނު ޖަލްސާއެއްގައި ރޭ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރު ކުންފުނިތަކުން ގިނަ ބަޔަކަށް ވަޒީފާ ދޭ ވާހަކަ ދައްކަވަނީ ކުރައްވާ ޝަކުވާއެއްގެ ގޮތުގައި ނޫން ކަމަށެވެ. އެ ވާހަކަ ދައްކަން ޖެހެނީ ދައްކާ ވާހަކައާ އަމަލާ ދިމާނުވާތީ ކަމަށެވެ.

ރައީސް ސޯލިހު އެ އިޝާރާތް ކުރެއްވީ، އެމަނިކުފާނުގެ ވެރިކަން ނިމުނުއިރު ފެނަކަ އަދި އާރްޑީސީފަދަ ކުންފުނިތައް ދަރަނިވެރިވެ އެކުންފުނިތަކުގައި ފައިސާ ނެތް ކަމަށް ސަރުކާރުން ދައްކަމުން ގެންދަވާ ވާހަކަތަކަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ކުންފުނިތަކުގައި ޖުމްލަ ނުވަ ބިލިއަން ރުފިޔާގެ ދަރަނި ނުދައްކާ އޮތް ކަމަށެވެ.

"މި ދައްކަނީ ކުންފުނިތައް ބަނގުރޫޓު ވެފަ ހުރި ވާހަކަ، ފައިސާ ނެތް ވާހަކަ. އަނެއް ދުވަހަކު އެތައް ސަތޭކަ މުވައްޒަފުންނަށް ވަޒީފާ ދޭތީ މައްސަލައަކީ. ފައިސާ ހުރެގެން ނޫންތޯ މުސާރަ ދެވޭނީ. ސަރުކާރުގަ މިހާރު ވަރަށް ސާފުކޮށް އެބަ އިނގޭ ސިޔާސީ މަގާމުތައް 1500 އަށްވުރެ މައްޗަށް އަރައިގެން ހިނގައްޖެކަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި ވެރިކަމުގައި ދައުލަތުގެ ބަޖެޓުން މުސާރަ އަށް ކުރަމުންދާ ހޭދަ ބޮޑު ތަކުން އިތުރުވެފައިވާއިރު، މިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުކޮށްފައިވާ ހަރަދު ވެސް އެތައް ގުނައެއް ބޮޑުވެފައިވާ ކަމަށެވެ.

"ކީއްވެގެން ތޯ ފަށާފަ ހުރި ތަރައްގީގެ މަޝްރޫއުތައް ނުހިންގިގެން މިއުޅެނީ ؟ ފައިސާ ހުރީމަތާ އިތުރު ވަޒީފާތައް އުފައްދައިގެން މުސާރަ މިދެވެނީ. ފައިސާ ހުރީމަތާ ސަރުކާރު ހިންގުމުގައި ރިކަރަންޓު ހަރަރު ބޮޑުވެގެން އެ ދަނީ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ސިޔާސީ މަގާމުތައް 700 އަށްވުރެ ގިނަ ނުކުރައްވާނެ ކަމަށެވެ. ނަމަވެސް އެ އަދަދު ދެ ގުނަ ވެފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

ކޮމެންޓް

1
450
ލޮލޮ
3 weeks ago

ދައުލަތަށް ފައިސާ އިތުރު ކުރަން ޑޜ މުޢިއްޒު އަށް އެނގިލައްވައޭ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.