މަތިން އޯޑަރެއް ނާންނަނީސް ފުލުހުން ހުރަހެއް ނާޅާނެ: ސޯލިހް

"އަޅުގަނޑަކީ ރާއްޖޭގެ ވެރިކަން ކޮށްފަ ހުރި މީހަކަށް ވާތީ އަޅުގަނޑަށް ހަމަ ޔަގީން ފުލުހުންނެއް، ސިފައިންނެއް ވެސް އޯޑަރަކަށް ނޫން ގޮތަކަށް އެމީހުންނެއް އަމަލެއް ނުކުރާނެ،" ޔަގީން ކަމާއެކު ރައީސް ސޯލިހު ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ޕީއެންއެފް ޖަލްސާ ފުލުހުން ހުއްޓުވީ މަތިން އައި އޯޑަރަކަށް ކަމަށް ސިފަވާ ގޮތަށް ވަނީ ވާހަކަދައްކަވާފައި --

ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފައްދާ ޖަލްސާއަށް ފުލުހުން ރޭ ހުރަސް އަޅައިގެން ހިނގައި ދިޔަ ހަމަނުޖެހުންތަކާއި އަރައިރުންތަކަކީ "މަތިން" ލިބުނު އޯޑަރަކަށް ފުލުހުން ހިންގި އަމަލުތަކެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިފަ ކުރައްވައިފި އެވެ.

ޕީއެންއެފް އުފައްދާ ޖަލްސާ ބޭއްވުމަށް ޣިޔާސުއްދީން ސްކޫލް ތައްޔާރުކޮށްފައި ވަނިކޮށް ފުލުހުން ވަނީ އެތަނުގައި ޖަލްސާ ބޭއްވުމަށް ހުރަސް އަޅާފަ އެވެ. ފުލުހުން ބުނެފައި ވަނީ ހުރަސް އެޅީ ނަގަން ޖެހޭ ހުއްދަ ނުނަގައި ޖަލްސާ ބާއްވަން މަސައްކަތް ކުރާތީ އެޑިއުކޭޝަން މިނިސްޓަރީން އަންގައިގެން ކަމަށެވެ.

މި ކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެފައި ވަނީ ސިޔާސީ ގޮތުން ހިންގާ މިފަދަ ހަރަކާތްތަކަށް ސަރުކާރުން ހުރަސް ނާޅާނެ ކަމަށެވެ. އެމަނިކުފާނު އަންގަވައިގެން މައްސަލަ ތަހުގީގު ވެސް ކުރި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީގެ ކެމްޕޭނު ހަރަކާތުގައި ބައިވެރިވެވަޑައިގެން މިރޭ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ފުލުހުން ހިންގި އަމަލުތަކަށްވުރެ ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅާ ގުޅިގެން މާ ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑަކީ ރާއްޖޭގެ ވެރިކަން ކޮށްފަ ހުރި މީހަކަށް ވާތީ އަޅުގަނޑަށް ހަމަ ޔަގީން ފުލުހުންނެއް، ސިފައިންނެއް ވެސް އޯޑަރަކަށް ނޫން ގޮތަކަށް އެމީހުންނެއް އަމަލެއް ނުކުރާނެ،" ޔަގީން ކަމާއެކު ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އެސްއޯ ފުލުހުން ވެސް، ޓްރެފިކް ފުލުހުން ވެސް އަދި ސިފައިން ވެސް މަތިން އޯޑަރެއް ނާންނަނީސް އެފަދަ އަމަލެއް ނުކުރާނެ ކަމަށެވެ. 

ޕީއެންއެފްގެ ޖަލްސާއަށް ހުރަސް އެޅުމުން ހަމަޖެހުން އުފެދިފައި: މިކަން އިދިކޮޅު ފަރާތްތަކުން ވަނީ ކުށްވެރިކޮށްފައި -- ދަ މިރާގެ ފޮޓޯއެއް

"އެހެންވީމަ ނޭންގެއޭ ވިދާޅުވެ ޑިމޮކްރެސީއަށް އެ އެޅި ހުރަސް އެއީއަކީއެއް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ކަމެއް ނޫން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ޕީއެންއެފް ޖަލްސާއަށް ހުރަސް އަޅައި ފުލުހުން ހިންގި އަމަލަކީ 2024 ވަނަ އަހަރު ފެނިގެން ނުވާނޭ މަންޒަރެއް ކަމަށެވެ. ޕާޓީ ނިޒާމާއި ހިޔާލުފާޅުކުރުން މިއަދު ނުހުއްޓުވޭނެ ކަމަށާއި، އެކަންކަމަށް ޖާގަ ދޭން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިތުރަށް ފާހަގަކުރެއްވީ އެމަނިކުފާނުގެ ވެރިކަމުގައި އެމްޑީޕީން ވަކިވެގެން ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި ދަ ޑިމޮކްރެޓް ޕާޓީ އުފެއްދި ކަމެވެ. ވިދާޅުވީ، އެ ޕާޓީ އުފައްދަން ސަރުކާރުން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދީފައިވާނެ ކަމަށެވެ. އަދި އެހެން ޕާޓީތަކުން ހިންގާ ހަރަކާތްތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދީ ޖާގަ ދީފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެންނާ ދިމާލަށް ފާޑު ކިޔެން ޖެހޭނެ. ރައްޔިތުން އިންތިހާބު ކޮށްފަ ހުންނަ ޕަބްލިކް ސާވިސްގަ ހުންނަ މީހަކާ ދޭތެރޭގަ ރައްޔިތުންނަށް އެއްޗެހި ކިޔޭނެ، ބުނެވޭނެ، ފާޑުކިޔޭނެ، އެމީހާގެ ޕާސަނަލް މާބޮޑު ދާއިރާއެއް ނޯންނާނެ. އެކަން ގަބޫލުކޮށްގެން އެކަހަލަ މަގާމުތަކަށް އަޅުގަނޑުމެން އަންނަން ޖެހޭނީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ފުލުހުން އެރޭ އަމަލު ކުރި ގޮތް މަޖިލީހުގެ 241 ކޮމެޓީން ބަލަން ވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފަ އެވެ.

ސަރުކާރަށް އަމާޒުކޮށް ރައީސް ސޯލިހު ތުހުމަތުތަކެއް ކުރައްވާފައިވާއިރު، ޣިޔާސުއްދީން ސުކޫލުގައި އެސްއޯ ފުލުހުން ޑިޕްލޮއި ކުރެވުނު ގޮތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާސް ކޮމާންޑުން ތަހުގީގުކޮށް، އެއްވެސް ފަރާތަކުން އިހްމާލުވެފައިވާނަމަ އެ ފަރާތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް ރައީސް މުއިއްޒު ވަނީ އަންގަވާފަ އެވެ.

ކޮމެންޓް

1
450
އަހުމަދު ދީދީ
3 weeks ago

މީނާއަށް ނޭނގެ އަމިއްލައަށް ސޯޓު ބޭލޭއިރުވެސް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.