ރޭގެ ހާދިސާއާ ގުޅިގެން މުހިންމު ފިޔަވަޅުތަކެއް ވަގުތުން އެޅުމަށް އަންގަވައިފި

ގިޔާސުއްދީން ސުކޫލުގައި އެސްއޯ ފުލުހުން ޑިޕްލޮއި ކުރެވުނު ގޮތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާސް ކޮމާންޑުން ތަހުގީގުކޮށް އެއްވެސް ފަރާތަކުން އިހްމާލުވެފައިވާނަމަ އެ ފަރާތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް ވަނީ އަންގާފައެވެ.

ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު (ކ) ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު (މ) ހޯމް ލޭންޑް މިނިސްޓަރު އަލީ އިހްސާން (ވ)

ޕީއެންއެފް އުފައްދުމުގެ ޖަލްސާއަށް ރޭ ހުރަސް އަޅައިގެން ހިނގައި ދިޔަ ހަމަނުޖެހުންތަކާއި އަރައިރުމާއި ދެ ފަރާތަށް ލިބުނު އަނިޔާ ތަކާއި ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މެދުވެރިކޮށް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއުއަށް އަންގަވައިފި އެވެ.

ރޭ ޣިޔާސުއްދީން ސްކޫލް ގައި އެސްއޯ ފުލުހުން ހަރަކާތްތެރިވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަން ހިނގާ ދިޔަގޮތާއި ގުޅޭގޮތުން ތަހުގީގެއް ހިންގާ މިއަދު އިރުއޮއްސުމުގެ ތަހުގީގު ރިޕޯޓެއް ހުށައަޅަން ރައީސް އެންގެވި އެވެ. އެ ވަގުތުގެ ކުރީން ތަހުގީގު ރިޕޯޓް ވަނީ ރައީސަށް އަރުވާފައެވެ.

ހޯމް މިނިސްޓްރީން ބުނީ އެ ރިޕޯޓާއި ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މެދުވެރިކޮށް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއުއަށް އަންގަވާފައިވާ ކަމަށެވެ.

އެގޮތުން އެސްއޯ ފުލުހުން އެންގޭޖް ވާންޖެހޭ އޮޕަރޭޝަނަލް ހާލަތްތައް އަލުން ކަނޑައަޅާ އެ ހާލަތްތަކުގައި ވެސް ޑިޕްލޮއި ކުރުމުގެ ކުރީން ކޮމިޝަނަރުގެ ސީދާ ހުއްދައިގެ ދަށުން އެކަން ކުރުމާއި ފުލުހުންގެ އޮޕަރޭޝަނަލް ކޮމާންޑް އެންޑް ކޮންޓްރޯލް އަލުން ރީސްޓްރަކްޗާކޮށް މިހާރު ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ވަނީ އަންގާފައެވެ.

އަދި ގިޔާސުއްދީން ސުކޫލުގައި އެސްއޯ ފުލުހުން ޑިޕްލޮއި ކުރެވުނު ގޮތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާސް ކޮމާންޑުން ތަހުގީގުކޮށް އެއްވެސް ފަރާތަކުން އިހްމާލުވެފައިވާނަމަ އެ ފަރާތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް ވަނީ އަންގާފައެވެ.

މީގެ އިތުރުން އޮޕަރޭޝަނަލް ހާލަތްތަކުގައި މީޑިއާތަކަށް މައުލޫމާތު ދިނުމުގައި އަމަލު ކުރަމުންދާ އުސޫލު މުރާޖައާކޮށް މިހާރަަށް ވުރެ ދެފުށްފެންނަ އަދި ތަފްސީލީ ގޮތަކަށް ރައްޔިތުންނަށް މައުލޫމާތު ހާމަ ކުރެވޭނެ ގޮތްތައް ކަނޑައެޅުމާއި ރޭގެ ހާދިސާގައި އެސްއޯ ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާ ގޮތް ޔޫސް އޮފް ފޯސް ރިވިއު ކޮމެޓީ ބަލާ އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް ވެސް ރައީސް ވަނީ އަންގަވާފައެވެ.

ހޯމް ލޭންޑް މިނިސްޓްރީން ބުނީ ސަރުކާރުގެ ވިސްނުމަކީ އޯގާތެރި، ކުލުނުވެރި، ޕްރޮފެޝަނަލް އަދި ޖަވާބުދާރީވަނިވި ފުލުހުންގެ ހިދުމަތެެއް ރައްޔިތުންނަށް ފޯރުކޮށް ދިނުން ކަމަަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.