އޭނާގެ ފޯނަށް ނުގުޅޭތާ ތިން ހަފްތާ ވެފައިވާ ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެ އެވެ.
ފުލުހުން ބުނީ ދާންދޫ، ނޫވިލާ، އުމުރުން 44 އަހަރުގެ ޝަޒިއްޔާ އިބްރާހިމް، އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އާއިލާ އިން ރިޕޯޓް ކޮށްފައިވާ ކަމަަށެވެ.
އެ ރިޕޯޓް ލިބުނީ ހޯމަ ދުވަހުގެ 10:55 އެހައިކަންހާއިރު ކަމަށް ވެސް ބުންޏެވެ. އެ ރިޕޯޓާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާ ޝަޒިއްޔާ އިބްރާހިމް ދިރިއުޅެނީ މާލޭގައި ކަމަށް ވެސް ބުންޏެވެ.
އަދި ބުނީ އޭނާގެ ފޯނަށް ނުގުޅޭތާ ތިން ހަފްތާ ވެފައިވާ ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ހިއްސާ ކުރުމަށް ފުލުހުން ބުނެ އެވެ.