މާލެއާ ސިޓީތައް ތަކުބީރުގެ އަޑުން ގުގުމާލައިފި

މި އީދަށް މާލެއާ ހުޅުމާލެ އަދި އެހެނިހެން ސިޓީތައް ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށް ފައެވެ. އަދި މަގުތަކުގައި ސްކީޕާރުތައް ހަރުކޮށް ތަކުބީރާއި ތަހްމީދުގެ އަޑު ދަނީ އިއްވަމުންނެވެ.

މާލެ ސިޓީގެ މަގެއް އީދަށް ދިއްލާފައި: މާލެ ސިޓީއާ އެހެން ސިޓީތައް ތަކުބީރުގެ އަޑުން ވަނީ ގުގުމާލާފައި

ފިތުުރު އީދާ ގުޅުވާ މާލެ ސިޓީއާ އެހެނިހެން ސިޓީތައް ތަކުބީރާއި ތަހްމީދުގެ އަޑުން ގުގުމާލައިފި އެވެ.

އީދަށް މާލެ ސިޓީއާ އެހެނިހެން ސިޓީ އަދި އަތޮޅުވެރިރަށްތައް ޒީނަތްތެރިކޮށް ތަފާތު ކުލަތަކުން ދިއްލާލުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. އަދި މާލެ ސިޓީގެ މަގުތަކާއި އެހެނިހެން ސިޓީތަކުގެ މަގުތަކުން ތަކުބީރުގެ އަޑު އިއްވުމަކީ ވެސް ސަރުކާރުގެ އަމާޒެކެވެ.

މި އީދަށް މާލެއާ ހުޅުމާލެ އަދި އެހެނިހެން ސިޓީތައް ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށް ފައެވެ. އަދި މަގުތަކުގައި ސްކީޕާރުތައް ހަރުކޮށް ތަކުބީރާއި ތަހްމީދުގެ އަޑު ދަނީ އިއްވަމުންނެވެ. ސަރުކާރުން ބުނި ގޮތުގައި ހަ ރޯދަ ނިމެންދެން އީދުގެ ދިއްލުންތައް ދިއްލާނެ އެވެ. އަދި އީދުގެ ތިން ދުވަހު ތަކުބީރުގެ އަޑު އިއްވާނެ އެވެ.

މާލޭގައި މިފަދަ ގޮތަކަށް ފުރަތަމަ ފަހަރަށް ތަކުބީރުގެ އަޑު އިއްވާފައި ވަނީ މިދިޔަ އަހަރުގެ ބޮޑު އީދު ގައެވެ. އެއީ މާލޭ ބޮޑު ތަކުކުރުފާނު މަގުގައި ހުރި ސްމާޓް ލައިޓްތަކުންނެވެ. އެ ފަހަރު ތަކުބީރުގެ އަޑު އިއްވީ ރައީސް މުއިއްޒު، މާލެ ސިޓީ މޭޔަރުގެ މަގާމު ގައި ހުންނަވައިގެން އެމަނިކުފާނުގެ އިސްނެންގެވުމަށެވެ. އެ ފަހަރު އީދަށް މާލެ ސިޓީ ވެސް ވަރަށް ބޮޑަށް ޒީނަތްތެރި ކުރި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.