"މި ވެރިކަމުގައި އެންމެންގެ އަޑު އަހާ، ޓޫރިޒަމް ދާއިރާއިން ތަފާތު ގެންނާނެ"

ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް އަރުވާ ޔަގީން ކަމަކީ މުޅި ސަރުކާރު، ހާއްސަކޮށް ޓޫޒިޒަމް މިނިސްޓްރީ އޮތީ އެންމެންގެ އަޑު އަހައިގެން ކުރިޔަށް ދާށެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް: ހުންނެވީ ޔަގީން ކަމާއެކު

މުޅި ޓޫރިޒަމް އިންޑަސްޓްރީގެ އަޑު އަހައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ޓޫރިޒަަމް ދާއިރާއިން ތަފާތު ކުރިއެރުން ގެންނަން މަސައްކަތް ކުރައްވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅު ވެއްޖެ އެވެ. 

ދިވެހ ރައްޔިތުންނާއި ޓޫރިޒަމް އިންޑަސްޓްރީއަށް އީދުގެ ތަހުނިޔާ ވިދާޅުވުމާއެކު މިނިސްޓަރު ފައިސަލް މިއަދު ވިދާޅުވީ މި އަހަރުގެ މިހާ ހިސާބަށް ރާއްޖޭގެ ޓޫރިޒަމް ދިޔައިރު ތަފާތު ކާމިޔާބީތަކެއް ހާސިލު ކުރެވިފައިވާ ކަމަށެވެ. އެ ގޮތުން އެއް މަހެއްގެ ތެރޭގައި ދެ ލައްކަ ޓޫރިސްޓުން ރާއްޖެ އައުމުގެ ރިކޯޑެއް އަލަށް ހެދިފައިވާއިރު އެއް ދުވަހެއްގައި 10،2031 ޓޫރިސްޓުން އައުމުގެ ރިކޯޑް ވެސް ހޯދިފައިވާ ކަމަށެވެ،

"މިއީ ޓޫރިޒަމް އިންޑަސްޓްރީއާ އެންމެން ގުޅިގެގެން ކުރާ ވަރަށް ބުރަ މަސައްކަތެއްގެ ނަތީޖާ" މިނިސްޓަރު ފައިސަލް ވިދާޅުވި އެވެ.

މިނިސްޓަރު ފައިސަލް އަދި ވިދާޅުވީ ދިވެހި ހުރިހާ ރައްޔިތުންނާ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް އަރުވާ ޔަގީން ކަމަކީ ރައީސް މުއިއްޒުގެ މުޅި ސަރުކާރު، ހާއްސަކޮށް ޓޫޒިޒަމް މިނިސްޓްރީ އޮތީ އެންމެންގެ އަޑު އަހައިގެން ކުރިޔަށް ދާން ކަމަށެވެ.

"އަދި އޅުގަނޑު މިނިސްޓަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރާނީ ހުރިހާ ރައްޔިތުންނާއި އިންޑަސްޓްރީގެ އަޑު އަހައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ވެރިކަމުގައި ދާއިރާއިން ތަފާތެއް ގެނައުމަށް،"  މިނިސްޓަރު މިއަދު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.