އީދު ހުތުބާ: ގޮވާލީ ސުންނަތްތަކުގައި ވަރުގަދައަށް ހިފެހެއްޓުމަށް

"ގިނަގިނައިން ސުންނަތް ނަމާދުކުރާ ބަޔަކަށް ވާށެވެ. ފަތިސްނަމާދުގެ އިހު ސުންނަތާއި، ޟުހާ ނަމާދާއި ރަވާތިބު ސުންނަތްތަކާއި ވިޠުރި އާއި، ދަމު ނަމާދު ވީހާ ގިނައިން ކުރެވޭތޯ މަސައްކަތް ކުރާށެވެ"

މާފަންނު ސްޓޭޑިއަމްގައި ކުރެވުނު 1445 ވަނަ އަހަރުގެ ފިތުރު އީދު ނަމާދު -- ޔާމީން | ދަ މިރާ

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު އީދު ނަމާދު ކޮށްފި އެވެ. ރާއްޖޭގައި މިއަދު ވަނީ ފުރަތަމަ ފަހަރަށް ހެނދުނު 7:00 ގައި އީދު ނަމާދު ކޮށްފައެވެ. 

މާލެ ސަރަހައްދުގައި ހަތަރު ތަނެއްގައި ހުސްމައިދާނު ގައި އީދު ނަމާދުކޮށްފައިވެ އެވެ. އަތޮޅުތެރޭގެ ގިނަ ރަށްރަށު ގައި ވެސް އީދު ނަމާދު ކޮށްފައި ވަނީ ހުސް މައިދާނުގައެވެ.

މިއަދުގެ އީދު ހުތުބާ ގައި މުސްލިމުންގެ މި މަތިވެރި ފިޠުރު ޢީދު ދުވަހު ގައި، ރަމަޟާން މަހުން ދަސްވި ފިލާވަޅުތަކުގެ ފައިދާ ލިބިގަތުމަށް އަޒުމު ކަނޑައެޅުމަށް ގޮވާލެއްވި އެވެ. މަސްދުވަހުގެ ތަމްރީނަކަށް ފަހު، ރޯދައިގެ ތަރުބަވީ މަދަރުސާއިން ނިކުތްއިރު، އީމާންކަން ވަނީ އިތުރުވެ ހެޔޮ ކަންކަން ކުރުމަށް ނަފްސު އާދަވެ ފަސޭހަވެފައި ކަން ފާހަގަކޮށް މި އީމާންކަން، މި ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުމަށް ގޮވާލެއްވި އެވެ.

ފިތުރު އީދު ނަމާދުގެ ޖަމާއަތް

"ގިނަގިނައިން ސުންނަތް ނަމާދުކުރާ ބަޔަކަށް ވާށެވެ. ފަތިސްނަމާދުގެ އިހު ސުންނަތާއި، ޟުހާ ނަމާދާއި ރަވާތިބު ސުންނަތްތަކާއި ވިޠުރި އާއި، ދަމު ނަމާދު ވީހާ ގިނައިން ކުރެވޭތޯ މަސައްކަތް ކުރާށެވެ. ހޯމަ ބުރާސްފަތީ ރޯދަ އާއި މެދުފޮއި ރޯދަ އާއި އާޝޫރާ ދުވަހާއި އަރަފާތު ދުވަހު ރޯދަ ހިފުމަށް ފަރުވާތެރިވާށެވެ. އަދި ހާއްސަ ކޮށް ޝައްވާލުމަހުގެ ހަ ރޯދަ ހިފުމަށް ސަމާލުކަން ދޭށެވެ،" ހުތުބާ ގައި ނަސޭހަތްތެރިވެފައިވެ އެވެ.

މީގެ އިތުރުން ހަ ރޯދަ ހިފުމަށް ވެސް ނަސޭހަތްތެރިވެފައިވެ އެވެ. "ރަމަޟާން މަހު ރޯދަ ހިފައި ދެން އެއާ ވިދިގެން ޝައްވާލު މަހުން ހަ ރޯދަ ހިފި މީހާ މުޅި އަހަރު ރޯދަ ހިފި ފަދަ" ކަމަށް ނަބިއްޔާ ހަދީސް ކުރައްވާފައިވާކަން ހުތުބާ ގައި ފާހަގަކޮށްފައިވެ އެވެ. މި ހަ ރޯދަ ހިފުމުގައި މޮޅު އިތުރުވެގެން ވަނީ ޝައްވާލު މަހުގެ ދެވަނަ ދުވަހުން ފެށިގެން ވިދިވިދިގެން ހިފުން ކަމަށް ވެސް ހުތުބާާ ގައި ބުނެފައިވެ އެވެ. 

ފިތުރު އީދު ނަމާދުގެ ޖަމާއަތް

ފިތުރު ޒަކާތަށް ރައްކާތެރިވީ ފަދައިން މުދަލު ޒަކާތަށް ވެސް ރައްކާތެރިވުމަށް ވެސް ނަސޭހަތްތެރިވެފައިވެ އެވެ.

ފިތުރު އީދުގެ މި އުފާވެރި ދުވަހު ގައި މުސްލިމުން އުފާފާޅު ކުރުމަކީ އެދެވިގެންވާ ކަމެއް ކަން ފާހަގަކޮށް ހައްދު ފަހަނައަޅައި ދިޔުމެއް ނެތި ކަމަށް ހުތުބާ ގައި ބުނެފައިވެ އެވެ.

"ހަމަކަށަވަރުން، ކޮންމެ ބަޔަކަށްވެސް އީދެއް ވެއެވެ. އަދި މިއީ އަހަރެމެން މުސްލިމުންގެ އީދެވެ." އިސްލާމްދީނަކީ ފިތުރަތުގެ ދީން ކަމަށާއި މުސްލިމުން އެމީހުންގެ އީދުގައި އުފާފާޅު ކުރަނީ، ﷲ ހުއްދަކުރެއްވި އިމުގެ ތެރެއިންކަން ބަޔާންކޮށް ނަބިއްޔާ ހަދީސް ކުރެއްވި ކަމަށް ހުތުބާ ގައި ބަޔާން ކޮށްފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.