ވަރަށް އުނދަގުލުން ޕީއެންއެފް އުފައްސާ ޖަލްސާ ބާއްވައިފި، ވަގުތީ ރައީސަކީ ޒެއިން

ވަގުތީ ސެނެޓު ފާސްކޮށްފައި ވަނީ ޒެއިންގެ އިތުރުން ރައީސް ޔާމީނާއި، ޑރ. މުހައްމަދު ޖަމީލް އަދި މުހައްމަދު މަލީހު ޖަމާލު ހިމެނިވަޑައިގަންނަވާ ގޮތަށެވެ.

ޕީއެންއެފް އުފައްދަން ބޭއްވި ޖަލްސާ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށް ދަނީ --

ރާޅުގަނޑު ސަރަހައްދުގައި ވަރަށް އުނދަގުލުން ޕީޕަލްސް ނޭޝަނަލް ޕްރޮންޓް (ޕީއެންއެފް) އުފައްދާ ޖަލްސާ ބާއްވައި ވަގުތީ ރައީސްކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދަރިކަލުން ޒެއިން ޔާމީން ހަމަޖައްސައިފި އެވެ.

މިރޭގެ ޖަލްސާ އެންމެ ފުރަތަމަ ބާއްވަން ހަމަޖެހިފައި ވަނީ ޣިޔާސުއްދީން ސްކޫލުގަ އެވެ. ނަމަވެސް ޖަލްސާ ބާއްވަން އުޅުނީ ސްކޫލުން ހުއްދަ ނުދެނީސް ކަމަށް ބުނެ އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެން ފުލުހުން ވަނީ ޖަލްސާއަށް ހުރަސް އަޅާފަ އެވެ. ފުލުހުން ވަނީ ސްކޫލް ގޭޓު ބަންދުކޮށް މެމްބަރުން ވަންނަން ހުރަސް އަޅާފަ އެވެ.

ނަމަވެސް ގަދަކަމުން ސްކޫލް ތެރެއަށް ވަދެ ޖަލްސާ ބޭއްވޭތޯ މަސައްކަތް ކުރި އެވެ. ނަމަވެސް އިލެކްޝަން ކޮމިޝަންގެ އޮފިޝަލުން ޖަލްސާ ކުރާ މާލަމަށް ނާންނާތީ ޖަލްސާ ރާޅުގަނޑުގެ ނިއުޕޯޓް ސަރަހައްދަށް ވަނީ ބަދަލުކޮށްފަ އެވެ.

އެ ޖަލްސާގައި 329 ޕީއެންއެފްގެ މެމްބަރުން ވަނީ ބައިވެރިވެފަ އެވެ. މި ޖަލްސާފައި ޕާޓީގެ ނަމާއި، ދިދަ، ނިޝާން، ސިއްކަ، ކުލަ އަދި އެޑްރެސް ވަނީ ފާސްކޮށްފަ އެވެ. އެއަށްފަހު ހުރިހާ މެމްބަރުންގެ އިއްތިފާގުން އަސާސީ ގަވާއިދާއި މެނިފެސްޓޯ ވެސް ވަނީ ފާސްކޮށްފަ އެވެ.

މި ކަންކަން ފާސްކޮށްފައި ވަނީ މެމްބަރުންގެ ފޯނުން ކިއުއާރް ކޯޑެއް ސްކޭން ކޮށްގެން ފޯނުން ހުރިހާ މައުލޫމާތެއް ފެންނަ ގޮތަށް ހަދައިގެންނެވެ. 

ޕާޓީގެ އަސާސީ ގަވާއިދުގައި، ދާއިމީ ސެނެޓެއް އެކުލަވާލެވެންދެން ވަގުތީ ސެނެޓަކާއި ޕާޓީ ހިންގާނެ ބޭފުޅުން އައްޔަނުކުރަން ޖެހެ އެވެ. އެހެންވެ މިރޭ ވަނީ 20 ބޭފުޅުން ހިމެނޭ ސެނެޓެއް ފާސްކޮށްފަ އެވެ. ވަގުތީ ސެނެޓު ފާސްކޮށްފައި ވަނީ ޒެއިންގެ އިތުރުން ރައީސް ޔާމީނާއި، ޑރ. މުހައްމަދު ޖަމީލް އަދި މުހައްމަދު މަލީހު ޖަމާލު ހިމެނިވަޑައިގަންނަވާ ގޮތަށެވެ.

އެއަށްފަހު ވަގުތީ މަގާމުތަކަށް ބޭފުޅުން ވަނީ އައްޔަނުކޮށްފަ އެވެ.

  •  ވަގުތީ ރައީސް - ޒެއިން ޔާމީން
  •  ސެކްރެޓްރީ ޖެނެރަލް - މުހައްމަދު މަލީހު ޖަމާލް
  •  ޓްރެޝަރާ - އަހުމަދު މުސްތަފާ މުހައްމަދު
  •  ރަޖިސްޓްރާ - އަލީ ޝިޔާން ރަޝީދު

ގާނޫނީ ގޮތުން ފާސްކުރަން ޖެހޭ ކަންކަން ފާސްކުރުމަށްފަހު ޖަލްސާ ވަނީ ނިންމާލައިފަ އެވެ. ޖަލްސާ ފެށުނީ މިރޭ 12:20 ހާއިރު އެވެ. 

މިރޭގެ ޖަލްސާގައި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. މިރޭގެ ޖަލްސާ ރާޅުގަނޑަށް ބަދަލުކޮށް ޖަލްސާ ބާއްވާފައި ވަނީ އާދައިގެ ގޮތަކަށެވެ. މެމްބަރުން ތިބީ ސިޑި ބަރީގައި އިށީންދެގެންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.