ޣިޔާސުއްދީން ސްކޫލު ދޫކޮށް ޖަލްސާ ބާއްވަން ރާޅުގަނޑު ސަރަހައްދަށް

ޖަލްސާގެ ބައިވެރިންނާ މުހާތަބު ކުރައްވަމުން ރައީސް ޔާމީންގެ ދަރިކަލުން ޒެއިން ޔާމީން ވިދާޅުވެފައި ވަނީ އެތާ ތިބި އެންމެން ޕްރައިވެޓް ކާރުތައް ހަމަޖައްސައިގެން ވިޔަސް ރާޅުގަނޑު ސަރަހައްދަށް ގެންދާނެ ކަމަށެވެ.

ޣިޔާސުއްދީން ސްކޫލު ކައިރީ ޕީއެންއެފްގެ ސަޕޯޓަރުން މުޒާހަރާ ކުރަނީ --

ޕީޕަލްސް ނެޝަނަލް ޕްރަންޓް (ޕީއެންއެފް) އުފައްދާ ޖަލްސާ މިރޭ ޣިޔާސުއްދީން ސްކޫލުގައި ނުބޭއްވުމުން ރާޅުގަނޑު ސަރަހައްދުގައި ބާއްވަން ނިންމައިފި އެވެ.

ޕީއެންއެފް އުފައްދާ ޖަލްސާ ފަށަން އޮތީ މިރޭ 9:00 އަށެވެ. ނަމަވެސް ޖަލްސާއަށް ދިޔައިރު ފުލުހުން ތިބީ ގޭޓު ބަންދުކޮށްގެން ގޭޓު ކުރިމަތީ އެވެ. ފުލުހުން ބުނީ ޖަލްސާއަށް ފުރުސަތު ނުދިނީ ޖަލްސާ ބާއްވަން ނަގަން ޖެހޭ ހުއްދަ ނުނަގާ އޮތުމުން އެޑިއުކޭޝަން މިނިސްޓްރީން އެދިފައިވާތީ ކަމަށެވެ.

ޖަލްސާ ފެށޭ ގަޑިއަށް ޕީއެންއެފް މެމްބަރުން ސްކޫލް ކައިރިއަށް ދިއުމުން ފުލުހުން ވަނީ އެމީހުން އެތެރެއަށް ވަނުމަށް ހުރަސް އަޅާފަ އެވެ. ނަމަވެސް ގަދަކަމުން ޕާޓީގެ އިސްވެރިން އަދި ގިނަ ބަޔަކު ސްކޫލް ހޯލް ތެރެއަށް ވަދެ، ޖަލްސާ ފެށޭތޯ މަސައްކަތް ކުރި އެވެ.

މި ޖަލްސާ ފެށޭނީ އިލެކްޝަން ކޮމިޝަންގެ އޮފިޝަލަކު ވެސް ހުރެގެން ކަމުން އޮފިޝަލަށް ވަދެވޭތޯ ޖަލްސާ ނުފަށައި މަޑުވެސް ކުރި އެވެ. ނަމަވެސް ފުލުހުން ހުރަސް އަޅާފައިވާތީ އޮފިޝަލު އެ ސަރަހައްދަށް ދިޔަ ނަމަވެސް ސްކޫލް ތެރެއަށް ވަދެފައެއް ނުވެ އެވެ.

މިރޭ މި ޖަލްސާ ބާއްވަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އިރުޝާދު ދެއްވާފައިވާތީ، ޖަލްސާ ރާޅުގަނޑު ސަރަހައްދުގައި ބާއްވަން ވަނީ ނިންމާފަ އެވެ. އަދި އެތަނަށް އައިސް ތިބި ޕާޓީ މެމްބަރުން މިހާރު އެ ސަރަހައްދަށް ދިއުމަށް ވެސް އެދިފައިވެ އެވެ.

ޖަލްސާގެ ބައިވެރިންނާ މުހާތަބު ކުރައްވަމުން ރައީސް ޔާމީންގެ ދަރިކަލުން ޒެއިން ޔާމީން ވިދާޅުވެފައި ވަނީ އެތާ ތިބި އެންމެން ޕްރައިވެޓް ކާރުތައް ހަމަޖައްސައިގެން ވިޔަސް ރާޅުގަނޑު ސަރަހައްދަށް ގެންދާނެ ކަމަށެވެ. އެހެންކަމުން ހިނގާފައި އުޅޭ މީހުން މަޑުކުރުމަށް އެދިވަޑައިގަތެވެ.

ޣިޔާސުއްދީން ސްކޫލުން ޖަލްސާ ބާއްވަން ހޯލު ދޫކޮށް އެގްރިމެންޓެއް ހެދި ނަމަވެސް ފަހުން އެ އެގްރިމެންޓް ބާތިލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ޕާޓީން ބުނެފައި ވަނީ އެގްރިމެންޓް ބާތިލު ނުކުރާ ކަމަށެވެ. މިއަދު ހެނދުނުން ފެށިގެން ޖަލްސާގެ ތައްޔާރީތައް ވަމުންދާ ކަމަށާއި ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ވެސް ދައްކާފައިވާ ކަމަށެވެ.

ސްކޫލް ހޯލުތެރޭގައި ޖަލްސާ ބާއްވަން މަސައްކަތް ކުރިއިރު ވެސް ގިނަ ބަޔަކު ތިބީ ފުލުހުން ފުރުސަތު ނުދީގެން ސްކޫލުން ބޭރުގަ އެވެ. ކުރީން ލަފާކުރި ވަަރަށް ވުރެ މާގިނަ ބަޔަކު ޖަލްސާއަށް ހާޒިރުވި އެވެ. މިހާރު ބައިވެރިން ދަނީ ރާޅުގަނޑު ސަރަހައްދަށް ޖަމާވަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.