ހުޅުމާލެ 3 ހިއްކާ ސަރައްދުން އުޅަނދުތައް ނަގަން ފަށައިފި

އަދި އުޅަނަދުތައް ނެގުމަށް އެ ކޯޕަރޭޝަނުން ކުރި އިއުލާނާ ގުޅިގެން ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާ އެކު، އެ ސަރަހައްދުގައި އަޅާފައި ހުރި ގިނަ އުޅަނދުތައް ވަނީ ނަގާ އެހެން ސަރަހައްދުތަކަށް ބަދަލުވެސް ކޮށްފައެވެ.

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފި އެވެ.

އެޗްޑީސީން ބުނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިމަކުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ހިއްކަން ފަށާފައިވާ ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ މަސައްކަތް ދަނީ ކުރަމުން ކަމަށާއި ބިންހިއްކުމުގެ މަސައްކަތް ފެށިގެން ކުރިއަށް ދާއިރު، އެ ސަރަހައްދުގައި އަޅާފައިހުރި ބައެއް އުޅަނދު އަދިވެސް ނުނަގާ ހުރުމުން، ބިން ހިއްކުމުގެ މަސައްކަތަށް ދަތިވާތީ، އެ އުޅަނދުތައް ނެގުމުގެ މަސައްކަތް އެ ކޯޕަރޭޝަނާއި މެރިން ޕޮލިސް ގުޅިގެން ކުރިއަށްގެންދާ ކަމަށެވެ.

މިގޮތުން އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް މިއަދު ވަނީ ފަށާފަ އެވެ.

ބިންހިއްކުމުގެ އެ މަސައްކަތަށް ދަތިވާތީ، އެ ސަރަހައްދުގެ ފަޅުގައި ހުރި އުޅަނދުތައް ނެގުމަށް މީގެ ކުރިން ވާނީ އަންގާފަ އެވެ.

އަދި އުޅަނަދުތައް ނެގުމަށް އެ ކޯޕަރޭޝަނުން ކުރި އިއުލާނާ ގުޅިގެން ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާ އެކު، އެ ސަރަހައްދުގައި އަޅާފައި ހުރި ގިނަ އުޅަނދުތައް ވަނީ ނަގާ އެހެން ސަރަހައްދުތަކަށް ބަދަލުވެސް ކޮށްފައެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.