ބޮޑު ޖަމާއަތްތަކުގެ އިމާމުންނަކީ މިނިސްޓަރު ޝަހީމާއި ޑރ. އަލީ ޒާހިރާއި ޝެއިހް ސަމީރު

މާލޭގައި ހުސް މައިދާނު ގައި އީދު ނަމާދު ކުރުން އޮންނާނީ ޓްރެކް ސަރަހައްދު ގައެވެ. ހުޅުމާލެ ފޭސް އެކެއްގެ ސިންތަޓިކް ޓްރެކް އަދި ހިޔާ އަވަށުގައި ކްރިކެޓް ދަނޑު ގައެވެ. ވިލިމާލޭ ގައި ބޯޅަ ދަނޑު ގައެވެ.

މާލެ ސަރަހައްދުގެ ބޮޑު ޖަމާއަތްތަކުގައި އިމާމުވެ އީދު ނަމާދު ކުރައްވާ އިމާމުން

މާލެ ސަރަހައްދު ގައި ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތްތަކުގައި އިމާމުވެ ނަމާދު ކުރައްވާނެ ހަތީބުންގެ މައުލޫމާތު އިސްލާމިކް މިނިސްޓްރީން ހާމަކޮށްފި އެވެ.

މާލޭގެ އިތުރުން ހުޅުމާލެއާ ވިލިމާލޭ ގަައި ބޮޑު ޖަމާއަތުގައި ހުސް މައިދާނު ގައި އީދު ނަމާދު ކުރާނެ އެވެ. ހުޅުމާލޭގެ ދެ ސަރަހައްދެއް ގައި ބޮޑު ޖަމާއަތް އޮންނާނެ އެވެ. އޭގެ އިތުރުން މާލޭގެ އެންމެ ބޮޑު ދެ މިސްކިތް -- އިސްލާމީ މަރުކަޒާއި ކިންގް ސަލްމާން މިސްކިތުގައި ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެ އެވެ.

މާލޭގައި ހުސް މައިދާނު ގައި އީދު ނަމާދު ކުރުން އޮންނާނީ ޓްރެކް ސަރަހައްދު ގައެވެ. ހުޅުމާލެ ފޭސް އެކެއްގެ ސިންތަޓިކް ޓްރެކް ސަރަހައްދު ގައެވެ. ހިޔާ އަވަށުގައި ކްރިކެޓް ދަނޑު ގައެވެ. ވިލިމާލޭ ގައި ބޯޅަ ދަނޑު ގައެވެ.

ބޮޑު ޖަމާއަތުގައި އިމާމުވެ ނަމާދު ކުރައްވާނީ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރީންނެވެ. 

  •  މާފަންނު ސްޓޭޑިއަމް - ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  •  ހުޅުމާލެ ފޭސް އެކެއްގެ ސިންތަޓިކް ޓްރެކް - ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް
  •  ހިޔާ އަވަށުގައި ކްރިކެޓް ދަނޑު - އައްޝައިހް އަހްމަދު ސަމީރު
  •  ވިލިމާލެ ފުޓްބޯޅަ ދަނޑު - އައްޝައިހް އަހްމަދު ރިޔާޒް
  •  އިސްލާމީ މަރުކަޒު - އައްޝައިހް މުހައްމަދު ލަތީފް އަލީ
  •  މަސްޖިދު މަލިކި ސަލްމާން - އައްޝައިހް އަބްދުﷲ ސައުދާން

މީގެ އިތުރުން ގިނަ މިސްކިތްތަކެއް ގައި ވެސް އީދު ނަމާދު ކުރާނެ އެވެ. މި އީދުން ފެށިގެން ރާއްޖޭގައި އީދު ނަމާދު ކުރާނީ ހެނދުނު 7:00 ގައެވެ. މިހާތަނަށް އީދު ނަމާދު ކުރަމުން އައީ 7:30 ގައެވެ.

އީދު ނަމާދުގެ ޖަމާއަތް ފަށާ ވަގުތު އަވަސް ކުރުމަށް ނިންމާފައި ވަނީ ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންނާ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ގާއިމުކުރެވިފައިވާ ފަލަކީ ހިސާބުތަކާބެހޭ ކޮމެޓީ އާއި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.