ދޮގު ނުފަތުރާ، ގޯތި ލިބުމަށް ޝަރުތު ހަމަވި އެންމެނަށް ގޯތި ދޫކުރާނެ

އެެ ލިޔުމުގައި ބަޔާން ކޮށްފައިވާ ކަންކަމަށް ސަރުކާރުން ފުރިހަމައަށް އިހްތިރާމްކޮށް އެ ލިޔުންތަކުގައި ބަޔާންކޮށްފައިވާ ކަންކަމާ އެއްގޮތަށް އަމަލު ކުރަނެ ކަމުގެ އަރުވާ ކަމަށެވެ.

ބިންވެރިޔާ ގޯތިދިން ތަނެއްގައި ހުރި ނަރުދަމާ ނިޒާމު ހޮޅިތައް ނެގުމުގެ މަސައްކަތް ކުރަނީ -- މުހައްމަދު ޔާމީން | މިރާ

ގޯތި ލިބުމަށް ޝަރުތު ހަމަވި އެންމެނަށް ގޯތި ދޫކުރާނެ ކަމުގެ ޔަގީންކަން ދީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ އިން އަނެއްކާ ވެސް ބަޔާނެއް ނެރެފި އެވެ.

މިދިޔަ ސަރުކާރުން ނުހިއްކާ ހުރި ތަންތަނުން ދޫކޮށްފައި ހުރި ގޯތިތައް ހިމެނޭހެން ހުރިހާ ގޯތިތަކެއް ދޭނެ ކަމަށް މި ސަރުކާރުން ތަކުރާރުކޮށް ދަނީ ބުނަމުންނެވެ. ނަަމަވެސް ގޯތިތައް މި ސަރުކާރުން ހަވާލު ނުކުރާނެ ކަމަށް ބުނެ ވާދަވެރީން ދަނީ ވާހަކަ ދައްކަމުންނެވެ. 

އެ ވުޒާރާ އިން ބަޔާނެއް ނެރެ ބުނީ ގޯތިތައް މި ސަރުކާރުން ހަވާލުނުކުރަނެ ކަމަށް ބުނެ ބައެއް ސިޔާސީ ފަރާތްތަކުން ހަގީގަތާއި ހިލާފު ވާހަކަތައް ފަތުރަމުންދާތީ އާންމުންގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެ ވުޒާރާ އިން ބުނީ ގޯތިތައް ވީއެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ހަވާލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި ބުނީ "ބިންވެރިޔާ ސްކީމް" ދަށުން ގޯތި ލިބިފައިވާ މީހުންނަށް ބިން ދޫކުރާނެ ކަމުގެ ޔަގީންކަން ފޯރުކޮށްދިނުމުގެ ގޮތުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ ނަމުގައި ލިޔުން ދޫކޮށްފައިވާ ކަމަށެވެ. އަދި ބުނީ އެެ ލިޔުމުގައި ބަޔާން ކޮށްފައިވާ ކަންކަމަށް ސަރުކާރުން ފުރިހަމައަށް އިހްތިރާމްކޮށް އެ ލިޔުންތަކުގައި ބަޔާންކޮށްފައިވާ ކަންކަމާ އެއްގޮތަށް އަމަލު ކުރަނެ ކަމުގެ އަރުވާ ކަމަށެވެ.

"އަދި ގޯތި ލިބުމަށް ޝަރުތު ފުރިހަމަވި އެންމެހާ ފަރާތްތަކަށް ގޯތި ދޫކުރާޏެ ކަމުގެ ޔަގީންކަން ވެސް އަރުވަމެވެ،"

ސަރުކާރުން ވަނީ ގުޅިފަޅުންނާއި ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންނަށް މިިދިޔަ މަހުގެ ތެރޭގައި ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކޮށްފަ އެވެ.

އޭގެ ތެރެއިން ނުހިއްކާ އޮތް ސަރަހައްދުން ގޯތި ލިބުނު މީހުންނަށް ގާނޫނީ ގޮތުން ރަޖިސްޓްރީ ދެވެން އޮތީ އެތަންތަން ހިއްކާ ނިމުމުން ކަމަށް ސަރުކާރުން ކުރީން ބުނެފައިވެ އެވެ. ގޯތި ދޭނެ ކަމުގެ ލިޔުމެއް އެމީހުންނާ ހަވާލުކުރީ އެހެންވެ އެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ވަނީ ގުޅިފަޅާއި ގިރާވަރުފަޅު ހިއްކައިގެން މާލެއަށް ހާއްސަ ގޯތި ދޫކުރަން ނިންމައި އެ ގޯތިތައް ދޫވެސް ކޮށްފަ އެވެ. އެގޮތުން ގުޅިފަޅުން 150 ހެކްޓަރުގެ ބިން ހިއްކައި އެތަނުން މަދުވެގެން 2،000 ގޯތި ދޭން ނިންމި އެވެ. އަދި ގިރާވަރުފަޅުން ވެސް 2000 ގޯތި ދޫކުރަން ނިންމި އެވެ. އަދި ހުޅުމާލޭގެ މާސްޓަ ޕްލޭން ދޫކޮށްލައި ނެރުމަތި ފަޅު ހިއްކައިގެން 2200 ގޯތި ދޫކުރަން ނިންމި އެވެ.

ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގައި 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވި އެވެ. ޖުމުލަ 9،003 ގޯތި ދޫކުރެ އެވެ. އެއީ ހުޅުމާލޭންނާއި ގުޅިފަޅުންނާއި ގިރާވަރުފަޅުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.