އިއްޔެގެ ނިޔަލަށް ޒަކާތުގެ ގޮތުގައި 9.2 މިލިއަން ރުފިޔާ ލިބިއްޖެ

އިސްލާމިކް މިނިސްޓްރީން ބުނީ އިއްޔެގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި 9,279,383.00 ރުފިޔާ ލިބިފައިވާ ކަމަށެވެ.

އަންނަ މަހު ހައެއްގެ ނިޔަލަށް އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާފައިވާއިރު ބަންދު ނޫން ދުވަސްތަކުގައި ނަމަ ހެނދުނު 9:30 އިން މެންދުރު ފަހު 1:00 ޖެހުމާ ހަމައަށް ޒަކާތް ދެއްކޭނެ އިންތިޒާމް އޮތީ ހަމަޖައްސާފައެެވެ. -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ފިތުރު ޒަކާތުގެ ގޮތުގައި ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަަށް 9.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އިއްޔެގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި 9,279,383.00 ރުފިޔާ ލިބިފައިވާ ކަމަށެވެ. އެއީ މިނިސްޓްރީގެ ކައުންޓަރުންނާއި އޮންލައިން ކޮށް ޒަކާތް ދެއްކި މިންވަރެވެ.

މިއީ ކުރީ އަހަރުތަކަށް ވުރެ މަތީ ނިސްބަތެކެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދައްކަން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލި އެވެ. ގިނަ ބަޔަކު ވަނީ ގޮވާމުން ވެސް ޒަކާތް ދައްކާފަ އެވެ.

މިނިސްޓްރީން ރޭ ވަނީ ފަގީރުންނަށް ޒަކާތް ބަހަން ވެސް ފަށާފައެވެ.  

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވި ގޮތުގައި މާލޭ ގައި ފަގީރުންގެ ގޮތުގައި ދަފްތަރު ކުރެވިފައިވާ މީހުންނަށް ފިތުރު ޒަކާތުގެ ފައިސާ ވަނީ ބަހަން ފަށާފައެވެ.

ތާރީހީ ގޮތުން ބަލާއިރު ރާއްޖޭގައި ފިޠތުރު ޒަކާތް ބަހަމުން އަންނަނީ އެރަށަކުން ލިބޭ އެއްޗެހި އެރަށެއްގެ ފަގީރުންނަށް ކަމަށާ އެރަށެއްގައި ފަގީރަކު ނެތް ނަމަ އެންމެ ގާތުގައި އޮތް ފަގީރުން ތިބި ރަށަކަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު ވަނީ މާލެއަށް ފިތުރު ޒަކާތް ދެއްކި އަދަދު އިތުރުވެފައި ކަން ފާހަގަ ކުރައްވާފައެވެ. އަދި ވިދާޅުވީ މާލޭގައި ފަގީރުންގެ ގޮތުގައި ދަފްތަރު ކުރެވިފައިވާ ކޮންމެ މީހަކަށް އަށް ހާސް ރުފިޔާގެ ރޭޓުން ފިތުރު ޒަކާތް ބަހަން ފަށާފައި ކަމަށެވެ. ފައިސާ ޖަމާވާނީ ސީދާ އެމީހެއްގެ އެކައުންޓަށް ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.