މި ކްރޫޒްލައިނާ މާލެ އައީ ރޭގަ އެވެ. "އެމްއެސް އައިޑަބެލާ" މާލޭގައި ދެ ދުވަސް މަޑުކުރަން ހަމަޖެހިފައިވާ އިރު ކްރޫޒްލައިނާ އިން ޓޫރިސްޓުން މާލެ ފައިބާފައިވެ އެވެ.
ދެހާހަށް ވުރެ ގިނަ ފަސިންޖަރުންނާއެކު އިތުރު ކްރޫޒްލައިނާއެއް ރާއްޖެ ޒިޔާރަތްކޮށް ބަނދަރުޖަހައިފި އެވެ. މިއީ މި އަހަރުގެ ރާއްޖެ އައި އަށް ވަނަ ކްރޫޒްލައިނާ އެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ) އިން ބުނީ މެލޭޝިއާއިން ފުރައިގެން ދަތުރުކޮށް މާލޭގައި މިހާރު ބަނދަރުކޮށްފައި އޮތް އިޓަލީގެ "އެމްއެސް އައިޑަބެލާ" ގައި 2،148 ފަސިންޖަރުން ދަތުރު ކުރާ ކަމަށެވެ.
މި ކްރޫޒްލައިނާ މާލެ އައީ ރޭގަ އެވެ. "އެމްއެސް އައިޑަބެލާ" މާލޭގައި ދެ ދުވަސް މަޑުކުރަން ހަމަޖެހިފައިވާ އިރު ކްރޫޒްލައިނާ އިން ޓޫރިސްޓުން މާލެ ފައިބާފައިވެ އެވެ. "އެމްއެސް އައިޑަބެލާ" ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތޭރެގައި ވެސް ރާއްޖެ އައ އެވެ.