ނުހިއްކާ ތަނުން ގޯތި ލިބުނު މީހުނަށް ލިޔުން ދީފި

އޭގެ ތެރެއިން ނުހިއްކާ އޮތް ސަރަހައްދުން ގޯތި ލިބުނު މީހުންނަށް ގާނޫނީ ގޮތުން ރަޖިސްޓްރީ ދެވެން އޮތީ އެތަންތަން ހިއްކާ ނިމުމުން ކަމަށް ސަރުކާރުން ކުރީން ބުނެފައިވެ އެވެ. ގޯތި ދޭނެ ކަމުގެ ލިޔުމެއް އެމީހުންނާ ހަވާލުކުރީ އެހެންވެ އެވެ.

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު: ޝަރުތު ހަމަވި މީހުންނަށް ގޯތި ލިބޭނެކަމުގެ ޔަގީންކަން ދޭން ލިޔުން ވަނީ ހަވާލުކޮށްފައި --

ނިމިދިޔަ ސަރުކާރުން ނުހިއްކާ ހުރި ތަންތަނުން ދޫކޮށްފައި ހުރި ގޯތިތައް ލިބުނު ކަން ކަށަވަރު ކުރުމުގެ ގޮތުން ވަގުތީ ލިޔުން ދޫކޮށްފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ "ބިންވެރިޔާ ސްކީމް" ދަށުން ގޯތި ލިބިފައިވާ މީހުންނަށް ބިން ދޫކުރާނެ ކަމުގެ ޔަގީންކަން ފޯރުކޮށްދިނުމުގެ ގޮތުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ ނަމުގައި ލިޔުން ދޫކޮށްފައިވާ ކަމަށެވެ.

ގޯތި ދޫކުރާނެ ކަމުގެ ވަގުތީ ލިޔުން މިނިސްޓަރީގެ ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ފެންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މި ސަރުކާރުން ވަނީ ގުޅިފަޅުންނާއި ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންނަށް މިިދިޔަ މަހުގެ ތެރޭގައި ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކޮށްފަ އެވެ. 

އޭގެ ތެރެއިން ނުހިއްކާ އޮތް ސަރަހައްދުން ގޯތި ލިބުނު މީހުންނަށް ގާނޫނީ ގޮތުން ރަޖިސްޓްރީ ދެވެން އޮތީ އެތަންތަން ހިއްކާ ނިމުމުން ކަމަށް ސަރުކާރުން ކުރީން ބުނެފައިވެ އެވެ. ގޯތި ދޭނެ ކަމުގެ ލިޔުމެއް އެމީހުންނާ ހަވާލުކުރީ އެހެންވެ އެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ވަނީ ގުޅިފަޅާއި ގިރާވަރުފަޅު ހިއްކައިގެން މާލެއަށް ހާއްސަ ގޯތި ދޫކުރަން ނިންމައި އެ ގޯތިތައް ދޫވެސް ކޮށްފަ އެވެ. އެގޮތުން ގުޅިފަޅުން 150 ހެކްޓަރުގެ ބިން ހިއްކައި އެތަނުން މަދުވެގެން 2،000 ގޯތި ދޭން ނިންމި އެވެ. އަދި ގިރާވަރުފަޅުން ވެސް 2000 ގޯތި ދޫކުރަން ނިންމި އެވެ. އަދި ހުޅުމާލޭގެ މާސްޓަ ޕްލޭން ދޫކޮށްލައި ނެރުމަތި ފަޅު ހިއްކައިގެން 2200 ގޯތި ދޫކުރަން ނިންމި އެވެ.

ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގައި 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވި އެވެ. ޖުމުލަ 9،003 ގޯތި ދޫކުރެ އެވެ. އެއީ ހުޅުމާލޭންނާއި ގުޅިފަޅުންނާއި ގިރާވަރުފަޅުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.