އެލައިޑް ރޯދަ ޕްރޮމޯޝަނާ މަދަހަ މުބާރާތުން އިނާމް ހޯދުމުގެ ފަހު ފުރުސަތު

މިމުބާރާތަށް ހުށަހަޅާ މަދަހަ ވީޑިއޯތަކުގެ ތެރެއިން ފަނޑިޔާރުން އެންމެ މޮޅުކަމަށް ނިންމާ ވީޑިއޯ ހުށައަޅާ ފަރާތަކަށް އިނާމަކަށް އައިޕެޑެއް ލިބިގެންދާނެއެވެ.

އެލައިޑް އިންޝުއަރަންސް ކުންފުނިން މިއަހަރަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ރޯދަ ޕްރޮމޯޝަނުގައި އެކުންފުނިން ވަނީ ގެދޮރުގައިވާ އަގުހުރި މުދަލަށް ހާއްސަ އިސްލާމިކް އިންޝުއަރަންސް ޕްލޭން؛ ހިޔާވަހީގެ އަހަރަކަށް 600 ރުފިޔާ ދައްކައިގެން 6 ލައްކަ ފަންސާސްހާސް ރުފިޔާއާއި ހަމައަށް ބަދަލު ލިބޭ ލަގްޒަރީ ޕްލޭން ނަންގަވާ ކޮންމެ ކަސްޓަމަރަކަށް، ބައްލަވައިގަންނަވާ ކޮންމެ ޕްލޭނަކާއި އެއް އަގުގެ ކޮމްޕްލިމެންޓަރީ ގިފްޓް ޕެކެއް ދިނުމަށް ނިންމާފައެވެ.

އޮންލައިންކޮށް myallied.mv އަދި އެލައިޑް މޮބައިލް އެޕްއިން ވަގުތުން ނެގޭ މިޕްލޭނަކީ، ގެދޮރުގެ ރައްކާތެރިކަމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމުގައި އެލައިޑުން ފާހަގަކުރެއެވެ. އެގޮތުން މިޕްލޭން މެދުވެރިކޮށް ކަވަރޭޖް ލިބޭ ތަކެތީގައި ތެރޭގައި އޭސީ، އައިސް އަލަމާރި، ދޮންނަ މެޝިން، ބަދިގެ ސާމާނު ފަދަ މިނޫންވެސް އަގުހުރި ތަކެތި ހިމެނެއެވެ. މިތަކެއްޗަށް ކަވަރޭޖް ލިބޭ ހާލަތްތަކުގެ ތެރޭގައި ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުމާއި އަލިފާނުގެ ހާދިސާއަކުން ލިބޭ ގެއްލުން އަދި ފެން ހޮޅިއެއް ފަޅައިގެންގޮސްގެސް ފެނުން ލިބޭ ގެއްލުން ފަދަ ކަންކަން ހިމެނެއެވެ.

ހިޔާވަހީގެ ލަގްޒަރީ ޕްލޭންއަކާއި އެކު ދޫކޮށްލާ ކޮމްޕްލިމެންޓަރީ ގިފްޓް ރެޑީމް ކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ ރަސްމީ ގަޑީގައި އެލައިޑްގެ ކަސްޓަމަރ ފްރަންޓް އޮފީސް؛ ހ.އޯކިޑުން، ޕްލޭން ނަގާތާ 1 މަސް ދުވަހުގެ ތެރޭގައެވެ.

ހަމައެއާއިއެކު ކުޑަ ކުދިންނަށް ހާއްސަކޮށްގެން އެލައިޑުން މިއަހަރު ފޭސްބުކްގައި ކުރިޔަށްގެންދާ މަދަހަ މުބާރާތުގެ ސުންގަޑި ހަމަވާ ތާރީހަކީވެސް މިއަދެވެ. އެހެންކަމުން މަދަހަ މުބާރާތުގައި ބައިވެރިވެލެއްވުމަށް #އެލައިޑްމަދަހަ ހޭޝްޓެގެއްގެ ގޮތުގައި ޖެއްސެވުމަށް ފަހު މިރޭ 12 ޖެހުމުގެ ކުރިން ޕޯސްޓް ކުރެއްވުމަށް އެލައިޑުން އެދެއެވެ.

މިމުބާރާތަށް ހުށަހަޅާ މަދަހަ ވީޑިއޯތަކުގެ ތެރެއިން ފަނޑިޔާރުން އެންމެ މޮޅުކަމަށް ނިންމާ ވީޑިއޯ ހުށައަޅާ ފަރާތަކަށް އިނާމަކަށް އައިޕެޑެއް ލިބިގެންދާނެއެވެ. 12 އަހަރުން ދަށުގެ ކުދިންނަށް ހުޅުވާލާފައިވާ މިފުރުސަތުގައި، ވީޑިއޯ ޕޯސްޓް ކުރައްވަންވާނީ ބެލެނިވެރިޔާގެ ހުއްދައާއި އެކު ބެލެނިވެރިޔާގެ ފޭސްބުކް އެކައުންޓްގައި ޕަބްލިކް ސެޓިންގައެވެ.

އެލައިޑުންވަނީ މި މުބާރާތަށް ލިބެމުން އަންނަ ތަރުހީބު ފާހަގަކޮށް އެންމެހާ ބައިވެރިންނަށް ޝުކުރު ދަންނަވާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.