ރާބިތާ އަކީ އިސްލާމީ ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ ބައިނަލްއަގްވާމީ ޖަމިއްޔާ އެވެ.
މުސްލިމު ވޯލްޑްލީ -- ރާބިޠަތުލްއލަމީލް އިސްލާމީގެ އެންމެ މަތީ މަޖްލީހުގެ މެންބަރަކަށް ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އައްޔަނު ކުރައްވައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ރާބިތާގެ ސެކްރެޓަރީ ޖެނެރަލް ޑރ މުހައްމަދު ބިން އަބްދުލްކަރީމުލްއީސާ އެ މަޖިލީހަށް މިނިސްޓަރު ޝަހީމް އައްޔަނު ކުރެއްވާފައިވާ ކަމަށެވެ.
ރާބިތާގެ އެންމެ މަތީ މަޖިލީހަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ އިލްމީ ޝަހުސިއްޔަތުތައް ހިމެނޭހެން އެކުލެވިގެންވާ ރާބިތަތުލްއާލަމިލްއިސްލާމީގެ އެންމެ މަތީ މަޖިލީހެވެ. ރާބިތާ އަކީ އިސްލާމީ ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ ބައިނަލްއަގްވާމީ ޖަމިއްޔާ އެވެ. އެތަނުގެ ހެޑް އޮފީސް ހުންނަނީ މައްކާ ގަ އެވެ.
ޝަހީމަކީ ދުނިޔޭގެ އެންމެ ވަރުގަދަ އިސްލާމީ ޝަހުސިއްޔަތުންގެ ތެރޭގައި ހިމެނިވަޑަައިގަންނަވާ ބޭފުޅެކެވެ. އެންމެ ނުފޫޒު ގަދަ 500 މުސްލިމުންގެ ތެރޭގައި ވެެސް ހިމެނިވަޑައިގަތެވެ. ޝަހީމް ވަނީ އޯއައިސީގެ އިސް މަގާމެއް ވެސް ފުރުއްވާފައެވެ.