ޑިރެކްޓާ ޖެނެރަލް އޮފް ޒަކާތުގެ މަގާމަށް ޝައިހް އިއްޒައްދީން

މިނިސްޓްރީން ކުރިން ބުނި ގޮތުގައި މި މަގާމަށް މުސާރައިގެ ގޮތުގައި 43،500 ރުފިޔާ ލިބޭނެ އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޒަކާތުގެ މަގާމަށް އައްޝައިހް އިއްޒައްދީން އަދްނާން އައްޔަނު ކުރުން

ޑިރެކްޓަރު ޖެނެރަލް އޮފް ޒަކާތުގެ މަގާމަށް އައްޝައިހް އިއްޒައްދީން އަދްނާން އައްޔަނު ކޮށްފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޒަކާތުގެ މަގާމަށް މީހަކު ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާނު ކުރީ ފެބްރުއަރީ ފަސްވަނަ ދުވަހު އެވެ. އޭރު ބުނީ އެ މަގާމަށް މީހަކު ހޯދަނީ އެއް އަހަރާއި 11 މަސްދުވަހުގެ މުއްދަތަށް ކޮންޓްރެކްޓު އުސޫލުން ކަމަށެވެ.

އެ މުއްދަތު ހަމަވުމުން މަސައްކަތުގެ ފެންވަރު ބަލައި ރަނގަޅު ނަމަ ވަޒީފާ ދާއިމީ ކުރެވިދާނެ ކަމަށް ވެސް އިއުލާނު ގައި ވެ އެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ބުނީ ޑިރެކްޓަރު ޖެނެރަލް އޮފް ޒަކާތުގެ މަގާމަށް އައްޝައިހް އިއްޒައްދީން އަދްނާން އައްޔަނު ކޮށްފައިވާ ކަމަށެވެ. މަގާމުގެ ލިޔުން ހަވާލުކޮށް ދެއްވީ މިނިސްޓަރު މުހައްމަދު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މިނިސްޓްރީން ކުރިން ބުނި ގޮތުގައި މި މަގާމަށް މުސާރައިގެ ގޮތުގައި 43،500 ރުފިޔާ ލިބޭނެ އެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި 28،500 ރުފިޔާ އާއި ލިވިން އެލަވަންސްގެ ގޮތުގައި 12،500 އަދި ސާވިސް އެލަވަންސްގެ ގޮތުގައި 2،500 ރުފިޔާ އެވެ.

ޝައިހް އިއްޒައްދީނަކީ 2008 ވަނަ އަހަރުން ފެށިގެން އެ މިނިސްޓްރީ އެކިއެކި މަގާމްތައް ފުރައްވަމުން އަންނަ ބޭފުޅެކެވެ. އެންމެ ފަހުން ފުރުއްވާފައި ވަނީ މުސާއިދު ވާއިޒުގެ މަގާމެވެ.

އިއްޒުއްދީން މަތީތައުލީމް ހާސިލްކުރެއްވީ ޕާކިސްތާނުގެ އިސްލާމީ އާބާދުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިންނެވެ. އަދި މިހާރު ދަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގައި ޕީއެޗްޑީ  ހާސިލު ކުރައްވަމުންނެވެ. 2016 ވަނަ އަހަރު މާސްޓާ އޮފް ޝަރީއާ ކޯސް ފުރިހަމަ ކުރައްވާ ބުކް ޕްރައިޒް ވެސް ހާސިލު ކުރައްވައިފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.