އީދަށް ރާއްޖެ ދިއްލާލައިފި، ފައްވާރާ ހުޅުވާ ކުޑަކުދީންނަށް ބޮޑު އީދެއް

ފައްވާރާ ހުޅުވީ މި އަހަރުގެ ފިތުރު އީދަށް މުޅި ރާއްޖެ ދިއްލާލުން ފާހަގަ ކުރުމާއި ފައްވާރާ ހުޅުވުމަށް މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއް ގައެވެ.

ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން -- ފައްވާރާ މަރާމާތުކޮށް މިރޭ ވަނީ ހުޅުވާފައި

ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން -- ފައްވާރާ މަރާމާތުކޮށް މިރޭ ހުޅުވައިފި އެވެ.

ފައްވާރާ ހުޅުވީ މި އަހަރުގެ ފިތުރު އީދަށް މުޅި ރާއްޖެ ދިއްލާލުން ފާހަގަ ކުރުމާއި ފައްވާރާ ހުޅުވުމަށް މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއް ގައެވެ.

ގިނަ އަދަދެއްގެ ކުޑަކުދީންނާ އާއިލާތަކުން ބައިވެރިވި ރަސްމިއްޔާތު ގައި ފައްވާރާ ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން -- ފައްވާރާ މަރާމާތުކޮށް މިރޭ ވަނީ ހުޅުވާފައި

ރައީސް ޔާމީންގެ ސަރުކާރުގައި ޖުމްހޫރީ މައިދާން ސަރަހައްދު ވަނީ ތަރައްގީ ކޮށްފަ އެވެ. އޭރު އެންމެ ހާއްސަ ބަދަލަށް ގެނައީ ކުރީން ހުރި ފައްވާރާގެ ބަދަލު ގައި ޒަމާނީ ފައްވާރާއެއް ތަރައްގީ ކުރުމެވެ. އެތަން ތަރައްގީ ކުރީ ކުޑަކުދީންނަށް އެތަނުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ގޮތަށެވެ.

ފައްވާރާ އިން ފެންވަރާ ކުޅިވަރު ކުޅެވޭ ގޮތަށެވެ. ކުލަ ބޮކިތަކުން ދިއްލާލާ އެ ސަރަހައްދަށް ވަރަށް ބޮޑު ޒީނަތްތެރި ކަމެއް ގެނެސް ދިނެވެ. ނަމަވެސް މިދިޔަ ދުވަސްތަކުގައި އެ ތަން ނުބެލެހެއްޓި ވަނީ ހަލާކުވެގެން ގޮސްފަ އެވެ. 

ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން -- ފައްވާރާ މަރާމާތުކޮށް މިރޭ ވަނީ ހުޅުވާފައި

ނަމަވެސް މިރޭ އަލުން އެތަން ހުޅުވީ ކުލަ ބޮކިތަކުން ދިއްލާލާ ފައްވާރާ އިތުރަށް ފުރިހަމަ ކުރުމަށް ފަހު އެވެ.

މީގެ އިތުރުން މުޅި ރާއްޖެ އީދަށް ދިއްލާލުން ވެސް ރައީސް ވަނީ އިފްތިތާހު ކޮށްދީފައެވެ. އީދު މުބާރަކުގެ ޝިއާރުތަކާއި ކުރެހުންތަކާއި މަލާއި އެ ނޫން ރަމްޒުތަކުން އީދުގެ އުފާވެރިކަން ލިބޭނެ ހެން މާލެއާ ހުޅުމާލެ އަދި ވިލިމާލެއާ އަތޮޅުވެރިކަން ކުރާ ހުރިހާ ރަށްތަކާއި ސިޓީތައް ވަނީ ދިއްލާލާ ފައެވެ.

މިއީ މިފަދަ ގޮތަކަށް އީދަށް ރަށްތައް ދިއްލާލި ފުރަތަމަ ފަހަރެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތް އަހަރު މިއަށްވުރެ ގިނަ ރަށްތައް އީދު ލައިޓްތަކުން ދިއްލާލެވޭނެ ކަމަށެވެ. މި ފަހަރުވެސް އީދު ލައިޓްތަކަށް ވަރަށް ގިނަ ރަށްތަކުން އެދެމުން ދިޔަ ކަމަށާ ދައުލަތުގެ ތަނަވަސްކަން ހުރި މިންވަރަކުން އެކަން ކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.