އީ-ޕެޓިޝަން ހުށަހެޅޭ ނިޒާމު ގާއިމު ކުރަން އާންމު ހިޔާލު ހޯދަނީ

އީ-ޕެޓިޝަން ނިޒާމާ ގުޅޭ ތަފްސީލު ހާމަކުރަން ބައްދަލުވުންތަކެއް ވެސް ބާއްވާނެ އެވެ. ސަރުކާރުގެ މުވައްސަސާތަކާއި ސިޔާސީ ޕާޓީތަކުގެ އިތުރުން ޔުނިވާސިޓީތަކާއި ޖަމިއްޔާތަކަށް އެ ބައްދަލުވުން އޮންނާނީ މި މަހުގެ 24 ގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުން އިލެކްޓްރޯނިކް ޕެޓިޝަން (އީ-ޕެޓިޝަން) ހުށަހެޅޭ ނިޒާމެއް ގާއިމު ކުރަން ންމުންގެ ހިޔާލަށް ހުޅުވާލައިފި އެވެ.

މަޖިލީހުގެ އިދާރާ އިން މިއަދު ބުނީ، ޔޫއެންޑީޕީ ގުޅިގެން ތައާރަފު ކުރަން ނިންމާފައިވާ ނިޒާމުގެ ސިޔާސަތު ކަރުދާހަށް މި މަހުގެ 29 އާ ހަމައަށް ހިޔާލު ހުށަހެޅޭނެ ކަމަށެވެ. ހިޔާލު ހުށަހަޅަން ޖެހެނީ ޕެޓިޝަން ކޮމިޓީއަށް އީމެއިލް މެދުވެރިކޮށެވެ.

އީ-ޕެޓިޝަން ނިޒާމާ ގުޅޭ ތަފްސީލު ހާމަކުރަން ބައްދަލުވުންތަކެއް ވެސް ބާއްވާނެ އެވެ. ސަރުކާރުގެ މުވައްސަސާތަކާއި ސިޔާސީ ޕާޓީތަކުގެ އިތުރުން ޔުނިވާސިޓީތަކާއި ޖަމިއްޔާތަކަށް އެ ބައްދަލުވުން އޮންނާނީ މި މަހުގެ 24 ގަ އެވެ. އާންމު ރައްޔިތުންނަށް މައުލޫމާތު ދޭނީ 25 ވަނަ ދުވަހު އެވެ.

މި ނިޒާމު ގާއިމު ކުރަނީ ގައުމީ ޑިޖިޓަލް އައިޑީ ފަދަ ކާކުކަން އަންގައިދޭ ވަސީލަތެއް މެދުވެރިކޮށް ވަދެވޭ ގޮތަށެވެ. އަދި ޕެޓިޝަންގައި ސޮއި ކޮށްފައިވާ މީހުންގެ އަދަދަށް ބަލައި، 0.5 ޕަސެންޓް މީހުން ސޮއިކޮށް ހުށަހަޅާ ޕެޓިޝަންތަކަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރަން ޖެހެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.