"ބަންދުކޮށްގެން ކުދިން އިސްލާހު ކޮށްގެން ބޭނުންވާ ނަތީޖާ ނުނެރެވޭނެ"

މިކަމާ ގުޅިގެން މަދަނީ ޖަމިއްޔާތަކުން ބުނެފައި ވަނީ މިފަދަ މައްސަލަތައް ފެންމަތިވާ ކޮންމެ ފަހަރަކު މައްސަލައިގައި ޝާމިލްވާ ކުދިންނަށް ބޭނުންވާ އެހީތެރިކަމުގެ ބަދަކުގައި މަރުކަޒު ކުރުމަށް ގޮވާލުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ހާދިސާއެއް ހިނގި ސަރަހައްދު ގައި ފުލުހުން ހަރަކާތްތެރިވަނީ --

ކުށުގެ ވެށީގައި އުޅޭ ކުދިންނާއި އެޓް ރިސްކުގައި ތިބޭ ކުދިން މަރުކަޒުކޮށްގެން އެކުދިންނަށް ދޭންޖެހޭ ރިހިބިލިޓޭޝަން ފަރުވާ ދިނުމަކީ އެންމެ ރަގަޅު ގޮތް ނޫން ކަމަށް މަދަނީ ޖަމިއްޔާތަކުން ގޮވާލައިފި އެވެ.

އެޑްވޮކޭޓް ދަ ރައިޓްސް އޮފް ޗިލްޑްރެން، ފެމިލީ ލީގަލް ކްލިނިކް، ހޯޕް ފޯ ވިމެން، ޓްރާންސްޕޭރެންސީ މޯލްޑިވްސް އަދި އުތެމާ ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ ކުޑަކުދިން އިސްލާހު ކުރަން ސަރުކާރުން އަޅަން ނިންމާފައިވާ ބައެއް ފިޔަވަޅުތަކަށް ހިޔާލު ހުށަހަޅާފަ އެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން ނިންމައި، ކުށްކުރާ ކުދިން ކުށަށް ޒިންމާ ނަގަން ޖެހޭ އުމުރުން 15 އަހަރުން 12 އަހަރަށް ކުޑަކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި ގާނޫނުން ލާޒިމްކޮށްފައިވާ ރެސިޑެންޝަން ސެންޓަރުތައް ގާއިމްކޮށް ކުދިން ރިހިބިލިޓޭޓް ކުރުމުގެ މަސައްކަތް ހަފްތާއެއް ތެރޭ ހއ. ހޯރަފުށީގައި ހަދާފައިވާ ހާފްވޭ ހައުސްގައި ފަށާނެ ކަމަށް ވެސް އިއުލާނުކޮށްފައިވެ އެވެ.

މިނިންމުންތައް ނިންމާފައި ވަނީ އއ. ރަސްދޫގައި ދެ ކުޑަކުއްޖަކު ވެގެން އެހެން ކުޑަ ކުއްޖަކަށް އަނިޔާ ކުރި މައްސަލަ ފެންމަތިވުމުންނެވެ. މިކަމާ ގުޅިގެން މަދަނީ ޖަމިއްޔާތަކުން ބުނެފައި ވަނީ މިފަދަ މައްސަލަތައް ފެންމަތިވާ ކޮންމެ ފަހަރަކު މައްސަލައިގައި ޝާމިލްވާ ކުދިންނަށް ބޭނުންވާ އެހީތެރިކަމުގެ ބަދަކުގައި މަރުކަޒު ކުރުމަށް ގޮވާލުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެއީ އެކުދިން އަނބުރާ މުޖުތަމައުއަށް ބާރުވެރި ޒުވާނުންތަކެއްގެ ގޮތުގައި ގެނައުމަށް ބޭނުންވާ އެންމެ ރަގަޅު ސިޔާސަތު ކަމަށް ނުބެލެވޭ ކަމަށެވެ.

"މަރުކަޒު ކުރެވިގެން މިހާތަނަށް ބޮޑެތި މީހުންނަށާއި ކުޑަކުދިންނަށް ހިންގަމުންދާ ޕްރޮގްރާމްތަކުގެ ނަތީޖާއަށް ބަލާއިރު، ބޭނުންވާ ފެންވަރުގެ އިންސާނީ އަދި އުމްރާނީ ވަސީލަތްތަކާއި، ބަޖެޓް އަދި ޓެކްނިކަލް އެކްސްޕަޓީސް ނެތުމުގެ ސަބަބުން މަރުކަޒުކޮށްގެން ހާސިލުކުރަން ބޭނުންވާ ނަތީޖާ ނުނެރެވޭކަމީ ވެސް މި ޖަމިއްޔާތަކުން ނުހަނު ކަންބޮޑުވާ ކަމެކެވެ." އެ ބަޔާނުގައިވެ އެވެ.

ޖަމިއްޔާތަކުން ބުނެފައި ވަނީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 12 ވަނަ މާއްދާއަށް ބަލާއިރު ވެސް އެ ގާނޫނުގެ މައިގަނޑު މަގުސަދަކީ ހައްޔަރު ކުރުމާއި ބަންދު ކުރުމަކީ އެންމެ ފަހުގެ ފިޔަވަޅު ކަމަށެވެ. އަދި ކުއްޖާ ޒިންމާ ނެގުމާ މުޖުތަމައުއަށް އަނބުރާ ގެންނަން ބާރުއެޅުން ކަމަށެވެ. އެގޮތުން، ކުއްޖާ އިސްލާހުކުރުން އެންމެ ރަގަޅީ މުޖުތަމައުގައި ބަހައްޓައިގެންކަން ގިނަ ދިރާސާތަކުން ވެސް ދައްކާ ކަމަށް ބުނެފައިވެ އެވެ.

އޭގެ އިތުރުން، ގާނޫނުން ލާޒިމް ކުރާ މަރުކަޒުތަކަކީ ބޮޑެތި ކުށްތަކަށް އަރައިގަންނަ، ޖިނާއީ އަދުކުރުގެ ނިޒާމުގެ ތެރެއިން މަރުކަޒުކުރުން ނޫން ގޮތެއް ނެތް 18 އަހަރުން ދަށުންގެ ކުދިން ހައްޔަރުގައި ބޭތިއްބުމަށް ބޭނުންކުރާ މަރުކަޒެއްކަން ވެސް ޖަމިއްޔާތަކުން ފާހަގަކޮށްފައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނީ، ޖިނާއީ ކުށަށް ޒިންމާ ނަގާ އުމުރު 12 އަހަރަށް ދަށްކުރުމަކީ ވެސް ހައްލެއް ނޫން ކަމަށެވެ. އެގޮތުން، 200 އެއްހާ ކުދިން ކުށުގެ ވެށީގައި އުޅޭ ކަމަށް ސަރުކާރުން ހާމަކޮށްފައިވާއިރު، އެ ކުދިންގެ ނާޖައިޒް ފައިދާ ނަގާ ބަޔަކު މުޖުތަމައުގައި އުޅޭއިރު، އަދި އެކުދިން އެހާލަތަށް އައިސްފައި ވަނީ އެކުދިންނަށް ލިބެން ޖެހޭ ރައްކާތެރިކަމާއި އަޅާލުން ލިބިފައި ނެތުމުން ކަމަށްވާއިރު، ތަންފީޒީ ނިޒާމުހައި މިހާރުވެސް މައްސަލަތަކެއް ހުރިކަން ދެނެގަތުން މުހިންމު ކަމަށް ބަޔާންކޮށްފައިވެ އެވެ. އެހެންކަމުން އުމުރު ބަދަލު ކުރުމުގެ ކުދިން މި މައްސަލަ އިތުރަށް ދިރާސާކުރަން ކުރުމަށް ވަނީ ގޮވާލާފަ އެވެ.

ބަޔާނުގައި ބުނެފައި ވަނީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި، އެ ގާނޫނާ ހިލާފުވާ ކުއްޖެއްގެ ފުށުން އަނިޔާ ލިބޭ މީހުންގެ ހައްގުތަކާއި، ގާނޫނާ ހިލާފުވާ ކުދިންގެ ހައްގުތަކާއި، އަދި މުޖުތަމައުގެ ހައްގު ވެސް ހިމާޔަތްކުރަން ބާރުއަޅައި، ބެލެންސްޑް ސިސްޓަމެއް ގާނޫނުން ގެނެސްދީފައިވާ ކަމަށެވެ. އެގޮތުން، ކުޑަކުދިން ލައްވާ ކުށްކުރުވާ އަދި އެކުދިންގެ ނާޖައިޒް ފައިދާ ނަގާ ބޮޑެތި މީހުންނާމެދު ވެސް ފިޔަވަޅު އެޅުމަށް ގާނޫނުގައި ލާޒިމްކޮށްފައިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.