ރައީސްގެ ވައުދު ފުއްދަން އީދު ލައިޓުން ރާއްޖެ ދިއްލައިދިނީ ސްޓެލްކޯ

އީދުލައިޓުން ރާއްޖެ ދިއްލުމުގެ ކަވި ބުރަ މަސައްކަތް ކުރަނީ ސްޓެލްކޯގެ މުވައްޒަފުންނެވެ. އެކަމަށް ސްޓެލްކޯ އެމްޑީ ވަނީ ފާހަގަ ކުރައްވާފަ އެވެ.

ސްޓެލްކޯއިން އީދަށް މާލެ ދިއްލުމުގެ މަސައްކަތް ކުރިއަށްދާ ގޮތް އެމްޑީ ފަހުމީ ބައްލަވައި ލައްވަނީ -- ސްޓެލްކޯ

އީދަކީ ކުލަގަދަކޮށް ފާހަގަ ކުރަން ޖެހޭ މުނާސަބަތެކެވެ. އެކަމަކު މުސްލިމް ގައުމުތަކުގައި ތަފާތު ކުލަބޮލިތަކުން އީދު ފާހަގަ ކުރިނަމަވެސް ރާއްޖޭގައި މި ސަގާފަތެއް ނޯވެ އެވެ. އެންމެ ބޮޑު ވަރަކަށްވެސް އޮންނަނީ އީދު ލަވައެއް ކިޔުމާއި ކުޑަ އީދުގައި ޖަހާ ފެނަކާއި ބޮޑު އީދުގައި ނެރޭ ބޮޑު ބަހެކެވެ. އެހިސާބުން އީދު ނިމުނީ އެވެ. އެކަމަކު ހަގީގީ އީދުގެ ފީލް ރާއްޖެއަށް ޒިޔާރަތް ކުރާ މީހުންނާއި ދިވެހިންނަށް ގެނެސްދޭން މިހާތަނަށް އެންމެ ބޮޑު މަސައްކަތެއް ކުރެއްވި ބޭފުޅަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވިއިރު އެވެ. އޭގެފަހުން ރައީސް ކަމަށް ވަޑައިގަންނަވަން ވީވައުދުތަކުގެ ތެރޭގައި މިކަން ހިމެނުއްވި އެވެ. ވައުދަކީ އީދު ފިސާރި ކުލަގަދަކޮށް ފާހަގަ ކުރުމެވެ. 

އެ ވައުދު ފުއްދަން މުޅިރާއްޖެ ދިއްލުމުގެ ޒިންމާއާ ހަވާލުވީ ގައުމީ ކަރަންޓު ކުންފުނިންނެވެ. ކަރަންޓުގެ އެކްސްޕާޓުން ތިބި މި ކުންފުނި މިވަނީ މުޅިރާއްޖެ ދިއްލަން ބޭނުންވާ ލައިޓް ފޯރުކޮށްދީ ހުރިހާ ބޮޑެތި ރަށްތަކަށް ފޯރުކޮށްދީފަ އެވެ. މިކަން ކުރުމުގައި ސްޓެލްކޯއާއެކު ސިޓީ ކައުންސިލްތަކާއި ކައުންސިލް މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ. 

ސްޓެލްކޯ އިން ވަނީ އީދަށް ދިއްލީ ލައިޓުތައް ރާއްޖެ ގެނެސް ސިޓީތަކަށް ފޮނުވުމުގެ ބުރަ މަސައްކަތްވެސް ކޮށްފަ އެވެ. އަދި އެ ރަށްރަށުގައި ތިބި ޓީމުތައް މެދުވެރިކޮށް އެލައިޓުތައް ހަރުވެސް ކޮށްފަ އެވެ. 

އީދު ލައިޓު ރަށްރަށަށް ފޮނުވަން ތައްޔާރުކޮށްފައި

ސްޓެލްކޯގެ މި މަސައްކަތާ ބެހޭ ގޮތުން އެ ކުންފުނީގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވީ "ޢީދު އަލި" އަކީ ދީނީ އަދި ޤައުމީ ބޮޑު މަސައްކަތެއް ކަމަށާ ރައީސްގެ އިސްނެންގެވުމުގެ މަތިން، މި އަހަރުގެ ފިޠުރު ޢީދަށް ރާއްޖޭގެ ރަށްތައް ދިއްލުމަށް ކުރެވެމުންދާ މި މަސައްކަތަކީ ޢީދުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމާއި އެކުވެރިކަން ފަދަ އިސްލާމީ ރިވެތި ސިފަތައް ދިރުވައި އާލާކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

"ހަމަ މިއާއިއެކު މިއީ ޢީދު ފާހަގަ ކުރުމުގައި ފަހުގެ ތާރީޚުތަކުގައި ގެއްލިގެން ގޮސްފައިވާ އުފާވެރި އަދި ކުލަގަދަ ރޫޙު އާލާކޮށް، އެކި އުމުރުފުރައިގެ މީހުންނަށް ހިތްފަސޭހަ ޢީދެއް ތަޖުރިބާ ކުރުމުގެ ފުރުސަތު ފަހިކުރުމަށް ކުރެވޭ މަސައްކަތެއްގެ އިތުރުން އަންނާން އޮތް ޖީލުތަކަށް ޢީދުގެ އުފާވެރި މުނާސަބަތު ގައުމީ ރޫހެއްގައި ފާހަގަ ކުރުމަށް ލިބޭނެ ހިތްވަރަކަށް ވެގެންދާނެ ކަމެއް،" ފަހުމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ފަންނުވެރި، ކަވި މަސައްކަތް ރާވައި، މުޅި ގައުމަށް މީގެ އުފާވެރިކަން ގެނެސްދިނުމަށް ކުރެވޭ މަސައްކަތުގައި ލީޑާޝިޕް ނަގައި މި މަސައްކަތް ރާވާ ހިންގަން ލިބުމަކީ ސްޓެލްކޯގެ މުވައްޒަފުންނަށާއި މުޅި ކުންފުންޏަށް ވެސް ފަހުރެއް ކަމަށެވެ. 

އީދު ފާހަގަ ކުުރުމުގެ ގޮތުން ޖަހާފައިވާ ލައިޓުތައް މިރޭ ދިއްލާލާނެ އެވެ. މި ދިއްލާލުމުން ރަމްޒުކޮށްދެނީ އީދުގެ އުފަލެވެ. މުސްލިމުގެ މުހިންމު މި މުނާސަބާގެ އުފުލުގައި އެންމެން ބައިވެރިވާ ކަމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.