އީދު ދުވަހު ހަވީރު ވެހިކަލް ދުއްވުން މަނާ

ކައުންސިލުން އިތުރަށް ބުނެފައި ވަނީ ގްރޭޓާ މާލެ ސަރަހައްދުގައި އީދު ދުވަހު ހަވީރު ވެހިކަލް ދުއްވާ މީހުންނާމެދު ގާނޫނީ ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ.

މާލޭ މަގުމަތި: އީދު ދުވަހު ހަވީރު ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައި -- ފޮޓޯ: ޔާމިން މުހައްމަދު / މިރާ

މިއަހަރު ވެސް އީދު ދުވަހުގެ ހަވީރު ވެހިކަލް ދުއްވުން މަނާ ކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މިއަހަރުގެ ފިތުރު އީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް މާލެ ސަރަހައްދުގެ މަގުތައް ވެހިކަލް ދުއްވަން ބަންދުވާނެ ކަމަށެވެ. އެހެންކަމުން، މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ އާންމު ހުރިހާ މަގުތަކެއްގައި އެވަގުތުގައި އިންޖީނުލީ އަދި ބެޓެރީ ވެހިކަލް ދުއްވުން މަނާ ވާނެ އެވެ.

އަދި އެ ވަގުތުގައި އިމަޖެންސީ ހަލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ހާއްސަ ސްޓިކާއެއް ދޫކުރަން ވެސް ވަނީ ހަމަޖެހިފަ އެވެ. ކައުންސިލުން ބުނީ އެ ކައުންސިލްގެ އާންމު ހިދުމަތާއި ބެހޭ ބައިން އެފަދަ ހިދުމަތްތައް ދޭ ވެހިކަލްތަކަށް މިއަދާއި މާދަމާ ހެނދުނު 10:00 އިން މެންދުރު ފަހު 2:00 އަށް ސްޓިކާ ދޫކުރަމުންދާނެ ކަމަށެވެ.

ކައުންސިލުން އިތުރަށް ބުނެފައި ވަނީ ގްރޭޓާ މާލެ ސަރަހައްދުގައި އީދު ދުވަހު ހަވީރު ވެހިކަލް ދުއްވާ މީހުންނާމެދު ގާނޫނީ ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ.

ފަހަކަށް އައިސް ކޮންމެ އީދު ދުވަހެއްގެ ހަވީރު ވެހިކަލް ދުއްވުން މަނާ ކުރެ އެވެ. އެވަގުތު މަގުތަކުގައި މީހުން އުޅެނީ ހިނގާފަ އެވެ. އީދު ދުވަސް ކަމުން ގިނަ އަދަދެއްގެ ކުޑަކުދިން ވެސް މަގުމަތީގައި އުޅެ އެވެ.

މިއަހަރުގެ ފިތުރު އީދު ދުވަހަކީ ބުދަ ދުވަހެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.