ޖަލްސާގައި ބައިވެރިވާން ޔާމީނަށް ހުއްދައެއް ނުދިން، ބައިވެރިވަނީ ހުއްދަ ނެތި

"މިރާ" އަށް ކަށަވަރު ވެފައިވާ ގޮތުގައި ކަރެކްޝަނުން ނިންމީ ޔާމީނަށް އެ ހުއްދަ ނު ދެއްވުމަށެވެ. އަދި ސިޓީގައި ގާނޫނީ ޕޮއިންޓްތަކާ އެކު އެކަން ތަފްސީލުކޮށް ހިއްސާކޮށްފައިވެ އެވެ.

ކުރީގެ އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

ޕީޕަލްސް ނެޝަނަލް ޕްރަންޓް (ޕީއެންއެފް) އުފެއްދުމަށް ބާއްވާ ބައްދަލުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ޕާޓީން ބުނި ނަމަވެސް ކަރެކްޝަނުން އެ ހުއްދަ ނުދޭން ނިންމައިފި އެވެ.

ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ޕީއެންއެފްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވާއިރު އެމަނިކުފާނު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މިވަގުތު ގޭ ބަންދުގައި ހުންނެވިއިރު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނަލެވެ.

ޕީއެންއެފް އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ދިނުމާއެކު، އެ ބައްދަލުވުމުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވުމުގެ ހުއްދައަށް ވަނީ އެދިފަ އެވެ.

ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މިއަދު ވިދާޅުވީ އެމަނިކުފާނު އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. ބައްދަލުވުން އޮންނާނީ މާދަމާ ރޭ ކަމަށް ވެސް ވަނީ އިއުލާނު ކޮށްފަ އެވެ.

ކަރެކްޝަންގެ މީޑިއާ އޮފިސަރު ދެންމެ ވިދާޅުވި ގޮތުގަައި ޖަލްސާ ގައި ބައިވެރިވުމުގެ ހުއްދައަށް އެދި ޔާމީންގެ ގާނޫނީ ޓީމުން ފޮނުވާފައިވާ ސިޓީއަށް ޖަވާބު ދީފައިވާ ކަމަށެވެ. ނަމަވެސް އެއީ ދެ ފަރާތެއްގެ ދެމެދު ކުރެވުނު ޒާތީ މުއާމަލާތަކަށް ވާތީ އެ މައުލޫމާތު ހާމަ ކުރެވެން ނެތް ކަމަށެވެ.

"މިރާ" އަށް ކަށަވަރު ވެފައިވާ ގޮތުގައި ކަރެކްޝަނުން ނިންމީ ޔާމީނަށް އެ ހުއްދަ ނު ދެއްވުމަށެވެ. އަދި ސިޓީގައި ގާނޫނީ ޕޮއިންޓްތަކާ އެކު އެކަން ތަފްސީލުކޮށް ހިއްސާކޮށްފައިވެ އެވެ.

ޕާޓީ އުފެއްދުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ ހުއްދައަށް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންނެވިއިރު މިހާރު ވެސް އެމަނިކުފާނު ގެންދަވަނީ ޕީއެންއެެފްގެ ޖަލްސާތަކުގައި އުސޫލާއި ހިލާފަށް ބައިވެރިވެވަޑައިގަންނަވަމުންނެވެ. ޖަލްސާތަކުގައި ވާހަކަ ވެސް ދައްކަވަ އެވެ.

ތަކުރާރުކޮށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާތީ ކަރެކްޝަނުން ވަނީ ތިން ހަތަރު ފަހަރު މަތީން ޔާމީނަށް އިންޒާރު ވެސް ދެއްވާފައެވެ. ނަމަވެސް މިހާރު އޮތީ ރައީސް ޔާމީންގެ ނަންފުޅާއި ފޮޓޯފުޅު ވަރަށް ބޮޑަށް ބޭނުންކޮށްގެން އުފެދުނު ސަރުކާރަކަށް ވާތީ އަދި ޔާމީން މިނިވަން ކުރުމުގެ ވައުދު އެތައް ސަތޭކަ ފަހަރަކު ރައީސް މުއިއްޒު ވެވަޑައިގެންފައިވާތީ ޔާމީނަށް އިތުރު ފިޔަވަޅެއް އެޅުމުގެ ސަރުކާރާއި މުއައްސަސާތައް ވަނީ ފަހަތަށް ޖެހިފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.